މިފްކޯ އިން ޖަޕާނު މާކެޓަށް ވިޔަފާރި ފުޅާކުރަން ޖެޓްރޯ އާ މަޝްވަރާ ކޮށްފި

އެއީ ދުނިޔޭގެ މުހިންމު މާކެޓުތަކުގައި މިފްކޯގެ އުފެއްދުންތަކަށް އޮތް ފުރުސަތުތައް ފުޅާކުރުމަށާއި ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ބައެއް ކަމަށް މިފްކޯ އިން ބުންޏެވެ.

މިފްކޯ އަދި ޖަޕާނު އެމްބަސީގެ އޮފިޝަލުން ޖެޓްރޯ އާއެކު ބޭއްވި ބައްދަލުވުމެއް---ފޮޓޯ: މިފްކޯ

ޖަޕާނު މާކެޓަށް ވިޔަފާރި ފުޅާ ކުރަން މިފްކޯ އިން ޖަޕާނު ސަރުކާރުގެ އިދާރާއެއް ކަމުގައިވާ ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) އާއެކު މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާ ބައްދަލުވުން އޮތީ މިފްކޯއިން ޖަޕާނުގެ ޓޯކިޔޯއަށް މިހާރު ކުރަމުންދާ ޒިޔާރަތުގެ ތެރެއިން ޓޯކިޔޯގައި ހުންނަ ޖެޓްރޯގެ މައި އިދާރާގަ އެވެ.

މިފްކޯ އިން ބުނީ އެ ބައްދަލުވުމުގައި ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމާއި އެކަމުގައި ޖެޓްރޯއަށް އެހީތެރިކަން ދެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށެވެ.

އެއީ ދުނިޔޭގެ މުހިންމު މާކެޓުތަކުގައި މިފްކޯގެ އުފެއްދުންތަކަށް އޮތް ފުރުސަތުތައް ފުޅާކުރުމަށާއި ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ބައެއް ކަމަށް މިފްކޯ އިން ބުންޏެވެ.

މި ބައްދަލުވުމުގައި މިފްކޯގެ ފަރާތުން ބައިވެރިވެވަޑައިގަތީ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާތިފް ޝަކޫރާއި ކޯޕަރޭޓް އެފެއާޒް ޖެނެރަލް މެނޭޖާ އާމިނަތު ސަނިއްޔާ ޝަރީފެވެ. 

މި މަޝްވަރާގައި ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހިންގުމާ ހަވާލުވެޑައިގެން ހުންނެވި ޑެޕިޔުޓީ އެމްބެސެޑާ އަހުމަދު އާދިލާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ހައްވާ ސަމްހާ ވެސް ބައިވެރިވެވަޑައިގަތެވެ.
 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.