އެމެރިކާ އާއި އިސްރާއިލާ ދެކޮޅަށް އީރާނުން ވަނީ ފިޒިކަލް ހަނގުރާމައިގެ އިތުރުން، މި ފަހަރުގެ ކުރިމަތިލުންތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ "އިލެކްޓްރޯނިކް ވޯފެއާ" ނުވަތަ މުވާސަލާތީ ނިޒާމުތަކަށް ދޭ ހަމަލާތަކުގެ ވަރުގަދަ ކަމެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އޭގެ ބައިވެރިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާއެކު، ދުނިޔޭގެ ހަކަތައިގެ އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާ ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ވަނީ ނުރައްކަލާ ކުރިމަތިލާން ޖެހިފައެވެ. އަދި މި ސަރަހައްދު ގަދަކަމުން ހުޅުވަން އެމެރިކާ މަސައްކަތް ކުރާ ކަމަށް ބުނުމާއެކު، އެ ސަރަހައްދުގެ ޖީޕީއެސް ސިންގަލް ކަނޑާލަމުން ދާތީ ބޯޓުތަކަށް ދަތުރު ކުރެވޭ ގޮތް ބަންދުވެއްޖެ އެވެ.
އެ ސަރަހައްދުގައި އެމެރިކާ އާއި އިސްރާއިލާ ދެކޮޅަށް އީރާނުން ވަނީ ފިޒިކަލް ހަނގުރާމައިގެ އިތުރުން، މި ފަހަރުގެ ކުރިމަތިލުންތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ "އިލެކްޓްރޯނިކް ވޯފެއާ" ނުވަތަ މުވާސަލާތީ ނިޒާމުތަކަށް ދޭ ހަމަލާތަކުގެ ވަރުގަދަ ކަމެވެ.
ކަނޑު އުޅަނދުތަކާއި މަތިންދާބޯޓުތަކުން ބޭނުންކުރާ ގްލޯބަލް ނޭވިގޭޝަން ސެޓެލައިޓް ސިސްޓަމް ޖީއެންއެސްއެސް އަށް އަމާޒުކޮށް ދޭ ހަމަލާތައް ދެ ބަޔަކަށް ބެހިގެންވެ އެވެ. އެއް ބަޔަކީ ޖީޕީއެސް ޖޭމިން އެވެ. މިއީ ޖީޕީއެސް ސިގްނަލަށްވުރެ ބާރުގަދަ "ނޮއިސް" ނުވަތަ އަޑުތަކެއް ފޮނުވައިގެން ސިގްނަލް މެދުކަނޑާލުމެވެ. މީގެ ސަބަބުން އުޅަނދުތަކަށް އެމީހުން ތިބި ތަން ދެނެގަންނަން ދަތިވެއެވެ. އަދި ޖީޕީއެސް ސްޕޫފިންއަކީ މިއީ ޖޭމްކުރުމަށްވުރެ ނުރައްކާތެރި ކަމެކެވެ. މީގައި އުޅަނދުގެ ސިސްޓަމަށް ފޮނުވަނީ ދޮގު މައުލޫމާތެވެ. މިސާލަކަށް، ކަނޑުމަތީގައި އޮންނަ ބޯޓެއް އޮތީ އެއާޕޯޓެއްގައި ނުވަތަ އެއްގަމުގައި ކަމަށް ސިސްޓަމުން ދައްކާފާނެ އެވެ.
މިދިޔަ މާރިޗު 7 ވަނަ ދުވަހު އެކަނި ވެސް 1,650 އަށްވުރެ ގިނަ އުޅަނދުގެ ޖީޕީއެސް ސިގްނަލަށް ބުރޫ އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސައުދީ އަރަބިއްޔާ، ކުވެއިތު، ޔޫއޭއީ، ގަތަރު، އޮމާން އަދި އީރާނުގެ ސަރަހައްދުތަކުން 30 އަށްވުރެ ގިނަ ޖޭމިން ކްލަސްޓާ ފެނިފައިވެ އެވެ. މީގެ ސަބަބުން ބޯޓު ފަހަރު އެކްސިޑެންޓްވުމުގެ ފުރުސަތު ބޮޑުވެ، ތެޔޮ އުފުލާ ޓޭންކަރުތަކަށް ވަނީ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިފައެވެ.