އެމްޕީއެލް އިން ވަނީ ބަނދަރުގެ މަސައްކަތް ހަލުވި ކުރަން ޗައިނާ ހާބަރު އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފަ އެވެ.

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ކުރުމުގެ މަޝްރޫއަކީ ދެން އެންމެ އަަވަހަށް ފެށިގެންދާނެ ބިޔަ މަޝްރޫއެކެެވެ، އެ މަސައްކަތް ކުރަން އެމްޕީއެލް އިން ވަނީ ޗައިނާ ކުންފުންޏަކަށް ހަވާލުކޮށްފަ އެވެ. މިއާއެކު މި މަޝްރޫއުގައި ހިމެނޭ ޓާމިނަލާއި އެންމެހާ ފެސިލިޓީތަކުގެ ޑީޓެއިލް ކުރެހުންތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން މިވަނީ އިއުލާނުކޮށްފަ އެވެ.
އެމްޕީއެލްއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ހާބަރު އިންޖިނިއަރިން ކުންފުންޏާ އެވެ. މި މަޝްރޫއުގެ ދަށުން މިހާރު އޮތް ފަސް ހެކްޓަރުގެ ޕޯޓުގެ ބަދަލުގައި 20 ހެކްޓަރުގެ ބޮޑު ތަނަކަށް ބަދަލު ވެގެންދާނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން 650 މީޓަރުގެ ކީ ވޯލް އަކާއި 125 މީޓަރުގެ މަގަތު ފާލަމެއްގެ އިތުރުން އެކްސް-ރޭ ފެސިލިޓީއާއި، އޮޓޮމޭޓެޑް ވަސީލަތްތަކާއި ބޮންޑަޑް ވެއާހައުސް ގާއިމް ކުރާނެ އެވެ.
އެމްޕީއެލްއިން މިއަދު ކޮށްފައިވާ އިއުލާނުގައިވާ ގޮތުން "ލޯކަލް ހާބާ ރިލީފް ޕްރޮޖެކްޓް"ގެ ދަށުން ބަނދަރަށް ބޭނުންވާ ފެސިލިޓީތައް ތަރައްގީކުރުމަށް ބޭނުންވާ ޑީޓެއިލް ޑިޒައިންތައް ތައްޔާރުމުގެ މަސައްކަތަތަށް ބޭރުގެ އަދި ދިވެހި ތަޖުރިބާކާރު ކުންފުނިތަކަށް ވެސް ކުރިމަތިލެވޭނެ އެވެ.
އިމާރާތްތަކުގެ ސްޓްރަކްޗަރަލް ޑިޒައިން އަދި އާކިޓެކްޗަރަލް މަސައްކަތްތައް ޑިޒައިން ކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މީގެއިތުރުން ކޮންޓެއިނަރު ބަހައްޓާ ސަރަޙައްދާއި ޕޯޓުގެ މަގުތައް ތަރައްޤީކުރުމާއި ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުމުގެ ޕްލޭންގެ ޑިޒައިން ތައްޔާރުކުރުންވެސް ހިމެނެއެވެ. މިކަމަށް ޝައުގުވެރިކަން ފާޅު ކުރުމުގެ ސުންގަނޑިއަކީ މިމަހުގެ 25 ވަނަ ދުވަހުގެ 13:00އެވެ.
ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާލޭ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.