މުދަލު ޒަކާތް | މިއަހަރުގެ މިހާތަނަށް 17.9 މިލިއަން ރުފިޔާ

މީރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަަހު އެކަނި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 11.8 މިލިޔަން ރުފިޔާ ވަނީ ލިބިފަ އެވެ.

މީހަކު ޒަކާތް ދައްކަނީ --

މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 17.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ހިސާބުތަކުން ދައްކައިފި އެވެ.

މީރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަަހު އެކަނި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 11.8 މިލިޔަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ ޖެނުވަރީ މަހާ އަޅާބަލާއިރު ދެ ގުނަ އަދަދެކެވެ. ޖެނުވަރީ މަހު ލިބުނީ 5.9 މިލިއަން ރުފިޔާ އެވެ.

މީރާގެ ތަފާސްހިސާބުތަކުން ބުނީ ޖެނުވަރީ މަހަށްވުރެ ފެބްރުއަރީ މަހު މުދަލު ޒަކާތް ދެއްކި މިންވަރު 99.5 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.

މުދަލު ޒަކާތުގެ ނިސޯބަށް އެންމެފަހުން ބަދަލު އައީ މިދިޔަ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު އެވެ. ޒަކާތު ހައުސްއިން އާންމު ކޮށްފައިވާ ގޮތުގައި އެދުވަހުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސޯބަކީ، 19،527.90ރ. އެވެ. އޭގެކުރިން މުދަލު ޒަކާތުގެ ނިސޯބު ހުރީ، 11,191.95ރ. ގައެވެ.

ރާއްޖޭގައި މުދަލު ޒަކާތުގެ ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ބަދަލުވެ އެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުލެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.