މި ފެށުނީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު

ރާއްޖެ ސަރަހައްދަށް އާންމުގޮތެއްގައި ކޮންމެ އަހަރަކުވެސް އެންމެ ހޫނު ގަދަ ވަނީ މާޗް އަދި އޭޕްރީލް މަހު އެވެ. އަހަރުތެރޭގައި ފިނިހޫނުމިނުގައި މާބޮޑު ތަފާތުތަކެއް ފާހަގަނުކުރެވުނަސް، މުޅި ރާއްޖެއަށް އެންމެ ހޫނު ގަދަ ވަނީ އެޕްރީލް މަހު އެވެ.

ބާޒާރުމަތީގައި މީހަކު ފިޔާ ސާފު ކުރަނީ ؛ މިއީ ހޫނުގަދަ ދުވަސްވަރެއް --

އެހެން އަހަރުތަކެކޭ އެއްފަދައިން މިދުވަސްވަރު ރާއްޖެ ސަރަހައްދުގައި އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ދާން ފަށައިފި އެވެ.

ރާއްޖެ ސަރަހައްދަށް އާންމުގޮތެއްގައި ކޮންމެ އަހަރަކުވެސް އެންމެ ހޫނު ގަދަ ވަނީ މާޗް އަދި އޭޕްރީލް މަހު އެވެ. އަހަރުތެރޭގައި ފިނިހޫނުމިނުގައި މާބޮޑު ތަފާތުތަކެއް ފާހަގަނުކުރެވުނަސް، މުޅި ރާއްޖެއަށް އެންމެ ހޫނު ގަދަ ވަނީ އެޕްރީލް މަހު އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ މި ދުވަސްވަރު ވިލާ މަދުވެފައި، ވައި މަޑުވެ، އަދި ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓައެވެ. މިހެންވުމުން އާންމު ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވެގެންދާނެ ކަމަށެވެ.

"އޭޕްރީލް މަހަށް ލަފާކުރެވޭ ގޮތުންވެސް އާންމު ގޮތެއްގައި ހުންނަވަރަށްވުރެ ފިނިހޫނުމިން މަތިވުމުގެ ފުރުސަތު ބޮޑުކަމަށް ދައްކައެވެ." މެޓުން ބުންޏެވެ.

އިހުސާސް ކުރެވޭ ހޫނުމިނަކީ ވައިގެ އަސްލު ހޫނުމިނާއި، ވައިގެ ތެތްކަން އަދި ވައި ޖެހޭ ބާރުމިނަށް ވަލައި ހިސާބު ކުރާ އަދަދެކެވެ. ވިދިވިދިގެން ގިނަ ދުވަހު ހީޓް އިންޑެކްސް މަތިނަމަ "ހީޓް ސްޓްރެސް"އޭ ކިޔާ ހާލަތު މެދުވެރިވެ، ގަދަ ހޫނަށް ހަށިގަނޑު ބަރުދާސްތީ ގާބިލުކަން ކުޑަވަމުން ދިއުމެވެ.

މެޓް އޮފީހުން އާންމު ކޮށްފައިވާ ގޮތުގައި އެންމެ ހޫނުމިން ގަދަކޮށް ހުރީ ހުޅުލެ ސަރަހައްދުގައެވެ. އެ ސަރަހައްދުގެ އާންމު ފިނިހޫނުމިން 31.5 ޑިގްރީގައި ހުރިނަމަވެސް އިހުސާސް ކުރެވޭ ހޫނުމިން ހުރީ 36.3 ޑިގްރީގައެވެ. އެހެން ސަރަހައްދުތަކުގެ ހޫނުމިންވެސް މައްޗެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.