އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ބޭނުންކުރާ އެމްބިއުލަންސުތަކާއި ވެހިކަލްތައް މަރާމާތްކުރުމާއި ސާވިސް ކުރުމުގެ މަސައްކަތް އެމްޕީއެލް އިން ކުރުމަށް ވަނީ ހަމަޖެހިފަ އެވ

14 ރަށަކަށް އާ އެމްބިއުލެންސް ހަވާލުކޮށް އެތަކެތި މަރާމާތު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާ ހަވާލު ކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ރޭ ބޭއްވި ހަފްލާއެއްގައި އެމްބިއުލާންސްތައް މަރާމާތު ކުރުމުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީނެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ.
އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ބޭނުންކުރާ އެމްބިއުލަންސުތަކާއި ވެހިކަލްތައް މަރާމާތްކުރުމާއި ސާވިސް ކުރުމުގެ މަސައްކަތް އެމްޕީއެލް އިން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އޭގެ އިތުރުން އެ ރަސްމިއްޔާތުގައި 14 ރަށަކަށް ވަނީ އާ އެމްބިއުލެންސް ހަވާލު ކޮށްފަ އެވެ. އެއީ؛
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެކަނި ވެސް 56 ރަށަކަށް އެމްބިއުލާންސް ވަނީ ހަވާލު ކޮށްފަ އެވެ. އަދި މި އަހަރުގެ ތެރޭގައި އިތުރު އެމްބިއުލާންސްތައް ހަވާލުކުރާނެ އެވެ.
-