އިިސްރާއިލް އާއި އީރާނުން އިސްވެ އީރާނަށް ހަމަލާ ދޭން ފެށުމާއެކު އީރާނުން ވަނީ ހުރުމޫޒް ކަނޑުއޮޅިން ޔޫރަޕަށް ދަތުރު ކުރުން ހުއްޓުވާފަ އެވެ. މީގެ ސަބަބުން ދުނިޔޭގައި ތެލުގެ އަގު އުފުލި ޔޫރަޕު ދަނީ ތެލަށް ޖެހެމުންނެވެ.

އީރާނުން ހުރުމޫޒް ކަނޑުއޮޅި ބަންދު ކުރުމުން އެމެރިކާއަށް ވަމުންދާ ގެއްލުންތައް ކުޑަކުރާނެ އިތުރު ގޮތެއް ނުފެނި އެންމެފަހުން ގައުމުތަކަށް އަޅާފައިވާ ތެލުގެ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލަން ނިންމައިފި އެވެ. މި ގައުމުތަކުގެ ތެރޭގައި އީރާނު ވެސް ހިމެނެ އެވެ.
އިިސްރާއިލް އާއި އީރާނުން އިސްވެ އީރާނަށް ހަމަލާ ދޭން ފެށުމާއެކު އީރާނުން ވަނީ ހުރުމޫޒް ކަނޑުއޮޅިން ޔޫރަޕަށް ދަތުރު ކުރުން ހުއްޓުވާފަ އެވެ. މީގެ ސަބަބުން ދުނިޔޭގައި ތެލުގެ އަގު އުފުލި ޔޫރަޕު ދަނީ ތެލަށް ޖެހެމުންނެވެ. މިއާއެކު ހުރުމޫޒް ކަނޑުއޮޅި ގަދަކަމުން ހުޅުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިނަމަވެސް އެކަން ކުރަން އެމެރިކާގެ މަނަވަރުތައް އެ ސަރަހައްދަށް ގެންނަން އެމެރިކާއިން ދަނީ ފަހަތު ފަޔަށް ބުރަވަމުންނެވެ. އެހެންވެ އެންމެފަހުން ގޮތް ހުސް ވެގެން މިވަނީ އެމެރިކާއިން ގައުމުތަކަށް އަޅާފައިވާ ތެލުގެ ދަތި ކުރުން ލުއިކޮށްފަ އެވެ.
މި ނިންމުން އިއުލާން ކުރައްވާފައި މިވަނީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ދަނޑިވަޅެއްގައެވެ. މި ފިިޔަވާއެކު ދުނިޔޭގެ ބާޒާރަށް ވަނީ ލުއިކަމެއް އައިސްފަ އެވެ.
ހަނގުރާމަ ފެށުމާއެކު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށް އުފުލުނު ނަމަވެސް، ޓްރަމްޕްގެ މި ވާހަކަތަކާ އެކު މިހާރު ވަނީ 90 ޑޮލަރަށް ވުރެ ދަށަށް ގޮސްފަ އެވެ.
ޓްރަމްޕް ވިދާޅުވީ މަސްރަހު ހަމައަކަށް އެޅެންދެން ބައެއް ގައުމުތަކުގެ ތެލުގެ ސިނާއަތަށް އަޅާފައިވާ ފިޔަވަޅުތައް ދޫކޮށްލާނެ ކަމަށެވެ. މީގެ ތެރޭގައި ރަޝިޔާ، ވެނެޒުއޭލާ އަދި އީރާން ހިމެނޭ ކަމަށް ބެލެވެ އެވެ.