ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ ފުރަތަމަ ހަފްތާ ޖުމްލަ 494،712 ރުފިޔާގެ ގެއްލުން ވަނީ ވެފަ އެވެ. ފުލުހުން ބުނީ އެހެންނަމަވެސް އެ މުއްދަތުގައި 270،070 ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށެވެ.

މިމަހުގެ ފުރަތަމަ ހަފްތާ އެކަނި ސްކޭމްގެ 55 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، ދެ ލައްކައަށްވުރެ ގިނަ ފައިސާ އަނބުރާ ހޯދައިފި އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ ފުރަތަމަ ހަފްތާ ޖުމްލަ 494،712 ރުފިޔާގެ ގެއްލުން ވަނީ ވެފަ އެވެ. ފުލުހުން ބުނީ އެހެންނަމަވެސް އެ މުއްދަތުގައި 270،070 ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށެވެ.
ސްކޭމް ކޮށްގެން އެންމެ ގިނައިން ފައިސާ ހޯދަނީ އޮންލައިން މެސެޖިން ޕްލެޓްފޯމް ބޭނުންކޮށްގެންނާއި އައިބޭ، ފޯން ކޯލް، ފިޝިން ލިންކް އަދި ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށެވެ.
ފުލުހުން ބުނީ މިމަހުގެ ފުރަތަމަ ހަފްތާ އެންމެ ގިނައިން ސްކޭމް ހިންގާފައި ވަނީ އީ-ކޮމާސް މެދުވެރިކޮށް ކަމަށެވެ. އެ ބާވަތުގެ 27 މައްސަލަ ހުށަހަޅާފައިވެ އެވެ.
އަދި އިންޕާސަނޭޝަންގެ 14 މައްސަލައަކާއި ފައިސާ މާރުކުރުމުގެ ހަތް މައްސަލައެއް ވެސް ހުށަހަޅާފައިވާކަން ތަފާސްހިސާބުތަކުން އެނގެއެ ވެ.
ފުލުހުން ބުނެފައި ވަނީ ވިޔަފާރި ކުރުމުގެ ކުރިން ކުރިން ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ސައްހަކަން ކަށަވަރު ކުރަންވާނެ ކަމަށެވެ. އަދި އަމިއްލަ ފަރުދުންގެ ބޭންކް އެކައުންޓްތަކަށް ފައިސާ ނުފިނުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި ހުއްދަ ނެތް ފަރާތްތަކުން ޑޮލަރު މާރު ނުކުރުމަށާއި ރަސްމީ ބޭންކު ނުވަތަ މަނީ އެކްސްޗޭންޖަރުންގެ ހިދުމަތް ހޯދުމަށް ވެސް ފުލުހުން އިރުޝާދު ދީފައިވެ އެވެ.