ވަތަނީ ހިދުމަތުގެ ތިން ވަނަ ބުރަށް ކުރިމަތިލާން ހުޅުވާލައިފި

ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިންގެ ތިންވަނަ ބުރުގެ ތަމްރީނުގައި ބައިވެރިވުމަށް ހުޅުވާލާފައި ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ހަދާކުދިން ފުރަނީ --

ދިވެހިރާއްޖޭގެ ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ޑިފެންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިންގެ ތިންވަނަ ބުރުގެ ތަމްރީނުގައި ބައިވެރިވުމަށް ހުޅުވާލާފައި ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

ޑިފެންސުން ކުރި އިއުލާނުގައި ބުނީ މި ހިދުމަތުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަމަށެވެ. އަދި 18 އަހަރު ނުފުރޭ ކުދިންނަށް ބައިވެރިވެވޭނީ ބެލެނިވެރިންގެ އިއުތިރާޒެއް ނެތް ކަމުގައިވާނަމަ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ މީހަކަށް، އެ ހިދުމަތާ ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދޭނެ އެވެ. އަދި ޓްރެއިނިން ފުރިހަމަ ކުރުމަށްފަހު ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދެވޭނޭ އެވެ.

ތިން މަސް ދުވަހަށް މި ޕްރޮގްރާމު ހިންގާނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ޓްރެއިނިން ސެންޓަރުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.