ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްދޭން ސްޓެލްކޯއަށް

ހުރާގައި ސްޓެލްކޯ އިން މި ހިދުމަތް ފެށުމާއެކު ފެނަކަ ކޯޕަރޭޝަންގެ 32 މުވައްޒަފުން މިހާރު އެކުންފުނީގެ ދަށަށް ބަދަލު ބަދަލުކޮށް ހިދުމަތް ފަށާނެ އެވެ.

ފެނަކަ ކުންފުނިން ހުރާގެ ފެނާއި ކަރަންޓުގެ ހިދުމަތް ސްޓެލްކޯއަށް ހަވާލު ކުރަނީ -- ޕީއެސްއެމް ފޮޓޯ

ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފެނާއި ކަރަންޓުގެ ހިދުމަތްދޭ ސްޓެލްކޯއަށް ކ. ހުރާގައި ވެސް އެ ހިދުމަތްދޭން ސަރުކާރުން ހަވާލުކޮށްފި އެެވެ. 

މި އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ސްޓެލްކޯ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު އެވެ. މި ރަސްމިއްޔާތުގައި ހުރާ ދާއިރާގެ މަޖިލިސް މެމްބަރު އަނާރާ ނައީމް ވެސް ބައިވެރިވެ ވަޑައިގަތެވެ. 

ހުރާގައި ސްޓެލްކޯ އިން މި ހިދުމަތް ފެށުމާއެކު ފެނަކަ ކޯޕަރޭޝަންގެ 32 މުވައްޒަފުން މިހާރު އެކުންފުނީގެ ދަށަށް ބަދަލު ބަދަލުކޮށް ހިދުމަތް ފަށާނެ އެވެ. މިއާއެކު ސްޓެލްކޯއިން މިހާރު މާލެ އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު މި ހިދުމަތް ދެމުން ގެންދާނެ އެވެ. 

ސްޓެލްކޯ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޑރ. އަލީ އަޒްވަރު ވިދާޅުވީ ހުރާ ހަވާލުވުމާއެކު ސްޓެލްކޯއިން އެހެން ރަށްރަށުގައި ދޭ މިންގަނޑަށް ހުރާގެ ހިދުމަތް ގެންނަން މަަސައްކަތް ކުރާނެ އެވެ. އަދި  މިހާރުވެސް ހުރާގެ ހިދުމަތް ދޭން ޕްލޭން ކުރެވިފައިވާ ކަމަށާ މިހާރަށްވުރެ ވެސް ރަނގަޅަށް އެ މަސައްކަތް ހުރާގެ ރައްޔިތުންނާ ގުޅިގެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވި އެވެ. 

ސްޓެލްކޯއިން ދަނީ ގްރޭޓާ މާލެ އާއި ކ އަތޮޅުގެ އިތުރުން އއ، އދ އަދި ވ އަތޮޅުގެ ރަށްތަށް ހިމެނޭހެން 36 ރަށެއްގައި ހިދުމަތް ދެމުންނެވެ. މީގެތެރޭގައި ހިމެނެނީ ކަރަންޓުގެ ހިދުމަތްދޭ 25  ރަށާއި ފެނުގެ ހިދުމަތް އަދި 24 ރަށުގައި ނަރުދަމާގެ ހިދުމަތް ދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.