އައިޑީއެފް ގެ އޮފިޝަލުން ބުނެފައިވަނީ، ލުބުނާނުން ފޮނުވާލާ ޑްރޯންތައް ވައްޓާލުމުގައި ލިބެމުންދަނީ "ވަރަށް ކުޑަ" ކާމިޔާބީއެއް ކަމަށެވެ. އަދި މި ހަނގުރާމަ ދިގުލައިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް ވެސް އޮފިޝަލުން ފާހަގަކުރި އެވެ.

ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލަށް ފޮނުވާލާ ޑްރޯންތައް ހުއްޓުވުމުގައި އިސްރާއީލުގެ އަސްކަރިއްޔާއަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިވަމުންދާކަމަށް އެ ގައުމުގެ އަސްކަރީ އޮފިޝަލުން އެއްބަސްވެއްޖެ އެވެ.
އިސްރާއިލްގެ ހާޓްޒް ނޫހުގައިވާ ގޮތުން އާދިއްތަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން އައިޑީއެފް ގެ އޮފިޝަލުން ބުނެފައިވަނީ، ލުބުނާނުން ފޮނުވާލާ ޑްރޯންތައް ވައްޓާލުމުގައި ލިބެމުންދަނީ "ވަރަށް ކުޑަ" ކާމިޔާބީއެއް ކަމަށެވެ. އަދި މި ހަނގުރާމަ ދިގުލައިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް ވެސް އޮފިޝަލުން ފާހަގަކުރި އެވެ. ހިޒްބުﷲ އިން ދަނީ އިޒްރާއިލަށް ހަމަލާ ދީ ބައެއް ސިފައިން މަރާމާފަ އެވެ.
މިހާތަނަށް ބޯޑަރު ކައިރީގައިވާ ރަށްތައް ހުސްކުރުމަށް އަމުރުކޮށްފައި ނުވި ނަމަވެސް، ހާލަތު ބަދަލުވާނަމަ އެ ސަރަހައްދުތަކުން މީހުން ބޭރުކުރަން ޖެހިދާނެ ކަމަށް އަސްކަރިއްޔާއިން ބުނެއެވެ. އިސްރާއީލުން ބުނާ ގޮތުގައި 2024 ވަނަ އަހަރުގެ އޮޕަރޭޝަނަށްފަހު ހިޒްބުﷲ އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ވަކިން ހާއްސަކޮށް އެ ޖަމާއަތުގެ "ރަޟްވާން ފޯސް" ގެ އިސް ކޮމާންޑަރުން މަރާލާފައިވުމުން، އެ ފައުޖުގެ ކޮމާންޑް ސްޓްރަކްޗާ އަލުން ބިނާކުރުމުގައި ބޮޑެތި ހުރަސް ތަކެއް އެބަހުއްޓެވެ. ނަމަވެސް އެކަން އެގޮތަށް ނުފެނެ އެވެ.