ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުތަކުން ހެނދުނު 10:00 އާ 12:00 ދޭތެރޭ ހިދުމަތް ލިބޭނެ އެވެ.

ރޯދަ މަހު ފަހު 10 ގައި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކަސްޓަމާ ކެއާ ހުޅުވާ ގަޑިތައް އާންމުކޮށްފި އެވެ.
މި ސަރުކާރުން ވަނީ ކޮންމެ ރޯދަ މަހެއްގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
އެޗްޑީސީން ބުނީ އެ ދުވަސްތަކުގައި ވެސް އެ ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުތަކުން ހެނދުނު 10:00 އާ 12:00 ދޭތެރޭ ހިދުމަތް ލިބޭނެ ކަމަށެވެ.
ހުޅުމާލެ ފޭސް 1 ގައި އެޗްޑީސީގެ ކަސްޓަމާ ކެއާ ސެންޓަރު ހުންނަނީ ސެންޓްރޯ މޯލްގަ އެވެ. އަދި ފޭސް 2 ގައި އެތަން ހުންނަނީ ވިނަރެސްގެ ހަވަނަ ޓަވަރުގަ އެވެ.