އީރާނުގެ އާ ރޫހާނީ ލީޑަރުކަމަށް ޚާމަނާއީގެ ދަރިކަލުން މުޖުތަބާ

އުމުރުފުޅުން 56 އަހަރުގެ މުޖުތަބާ، ބައްޕާފުޅު އަދާކުރެއްވި މަގާމަށް އައްޔަނުކޮށްފައިވަނީ، އެ ގައުމުގެ 88 މެމްބަރުންގެ މައްޗަށް އެކުލެވޭ ބާރުގަދަ ތަޖުރިބާކާރުންގެ މަޖިލީހުންނެވެ.

އީރާނުގެ އާ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ. --ފޮޓޯ: އޭއެފްޕީ

އީރާނުގެ އާ ރޫހާނީ ލީޑަރުގެ މަގާމަށް، އެމެރިކާ އާއި އިޒްރޭލު ގުޅިގެން ދިން ހަމަލާތަކުގައި އަވަހާރަކޮށްލާފައިވާ އާޔަތުﷲ އަލީ އަލްޚާމަނާއީގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ އައްޔަނުކޮށްފި އެވެ.

އުމުރުފުޅުން 56 އަހަރުގެ މުޖުތަބާ، ބައްޕާފުޅު އަދާކުރެއްވި މަގާމަށް އައްޔަނުކޮށްފައިވަނީ، އެ ގައުމުގެ 88 މެމްބަރުންގެ މައްޗަށް އެކުލެވޭ ބާރުގަދަ ތަޖުރިބާކާރުންގެ މަޖިލީހުންނެވެ.

އެ ނިންމުމާއެކު، އީރާނުގެ އަސްކަރިއްޔާ އާއި އިންގިލާބީ ފައުޖުން ވަނީ މުޖުތަބާއަށް ފުރިހަމައަށް ތާއީދުކުރާނެކަން ހާމަކޮށްފަ އެވެ.

މީގެކުރިން އެއްވެސް އިންތިހާބެއްގައި ވާދަކުރައްވާފައި ނުވި ނަމަވެސް، މުޖުތަބާ ވަނީ ބައްޕާފުޅުގެ ވެރިކަމުގައި، ސަރުކާރުގެ ކުރީ ސަފުގައި އިސް ދައުރެއް އަދާކުރައްވައިފަ އެވެ. އެގޮތުން، އީރާނުގެ ވަރުގަދަ އިންގިލާބީ ފައުޖު، އައިއާރުޖީސީއާއެކު މުޖުތަބާ ގާތް ގުޅުމެއް އުފައްދަވާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަދި ޚާމަނާއީ އަވަހާރަކޮށްލުމުގެ ކުރިން ވެސް، ރޫހާނީ ލީޑަރުކަމަށް މުޖުތަބާ ތައްޔާރުކުރައްވަމުން ގެންދެވި ކަމަށް ވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ.

އެހެންކަމުން، ރޫހާނީ ލީޑަރުކަމަށް މުޖުތަބާ އައްޔަނުކުރުމުން، ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދީ، މިހާރު މުޅި މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގައި ފަހަތަށް ޖެހުމުގެ ވިސްނުމެއް އީރާނުން ނުގެންގުޅޭކަން ހާމަވެފައިވާކަމަށް ވެސް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

އީރާނާ ދެކޮޅަށް ފެށި އުދުވާނުގެ ރައްދުގައި، އިޒްރޭލުގެ އިތުރުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ވަރުގަދަ ހަމަލާތައް ދެމުންދާއިރު، އެމެރިކާގެ "ރުހޭ" ލީޑަރަކު އައްޔަނުކޮށްފިނަމަ، އެ ބޭފުޅަކު ވެސް އަވަހާރަކޮށްލާނެކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.