އެންޑޯމެޓްރިއޯސިސް ބައްޔަށް ހޭލުންތެރިކުރުމަށް ހަފްލާއެއް ބާއްވައިފި

އެންޑޮމީޓްރިއޯސިސް އަކީ ރަހިމްގެ އެތެރެ ފަށަލަ އާއި އެއްގޮތް ސެލްތަކެއް މުޅި ހަށިގަނޑަށް ފެތުރޭ އެކިއެކި ގުނަވަންތަކާއި އޭގެ ދައުރަށް އަސަރުކުރާ އިންފްލަމޭޓަރީ ދާއިމީ ބައްޔެކެވެ.

ބައިނަލްއަގުވާމީ އެންޑޯމެޓްރިއޯސިސް ހޭލުންތެރިކަމުގެ މަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ބައިވެރިން--

ބައިނަލްއަގުވާމީ އެންޑޯމެޓްރިއޯސިސް ހޭލުންތެރިކަމުގެ މަސް ފާހަގަކުރުމަށް ހާއްސަ ހަފްލާއެއް ބާއްވައިފި އެވެ.

އެންޑޮމީޓްރިއޯސިސް އަކީ ރަހިމްގެ އެތެރެ ފަށަލަ އާއި އެއްގޮތް ސެލްތަކެއް މުޅި ހަށިގަނޑަށް ފެތުރޭ އެކިއެކި ގުނަވަންތަކާއި އޭގެ ދައުރަށް އަސަރުކުރާ އިންފްލަމޭޓަރީ ދާއިމީ ބައްޔެކެވެ.

އެ ބައްޔާ މެދު ހޭލުންތެރިކަން އިތުރުކުރުމަށާއި ބަލި ތަހައްމަލު ކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ މަގްސަދުގައި ބޭއްވި ހަފްލާގެ ތެރެއިން އެންޑޯމެޓްރިއޯސިސްގެ އަލާމާތްތައް މެނޭޖްކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނާއި ބަލި ތަހައްމަލު ކުރާ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ސަޕޯޓް ލިބޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް މައުލޫމާތު ހިއްސާ ކުރި އެވެ. 

މީގެ އިތުރުން އެއް ކުއްޖަކު އަނެއް ކުއްޖަކަށް ހިތްވަރުދީ ބަލީގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާ ބެހޭގޮތުން ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ.

އެ ހަފްލާގެ ބައިވެރިންގެ މެދުގައި ގުރުއަތެއް ވެސް ކުރިޔަށް ގެންދިޔަ އެވެ. ގުރުއަތުން ހޮވުނު ތިން ކުއްޖަކަށް ވަނީ ހާއްސަ ހަދިޔާތަކެއް ދީފައެވެ. މި ހަފްލާގެ ސްޕޮންސަރުންނަކީ އައިލެންޑް ޕަފިއުމް އާއި އެވޮން އަދި ތޫލް އެވެ. އޭގެ އިތުރުން ހަފްލާގައި ބައިވެރިވި ކޮންމެ ކުއްޖަލަށް ލޯލާ މޯލްޑިވްސްގެ ފަރާތުން ވަނީ ފިނިފެންމަލެއް ވެސް ހަދިޔާކޮށްފަ އެވެ.

ބޭރުފުށުން ފެންނަން ހުންނަ ބަލިތަކާއި ހިލާފަށް އެންޑޮމީޓްރިއޯސިސްގެ ލީޝަންތަކަކީ ހަށިގަނޑު އެތެރޭގައިވާ ފާރުތަކެކެވެ. ނަމަވެސް ދިގު މުއްދަތަކަށް އިންފްލަމޭޝަން ދެމިގެން ދިއުމާއި ނާރުތައް ޝާމިލްވުމާއި ގުނަވަންތައް ތަތްވުމާއި ގުނަވަންތަކުގެ ދައުރަށް އަސަރުކުރުމުގެ ސަބަބުން މިބައްޔަކީ ވަރަށް ވޭންގަދަ ބައްޔެކެވެ. ދުނިޔޭގެ އެންމެ ވޭންދެނިވި 20 ބަލީގެ ތެރޭގައި އެންޑޮމީޓްރިއޯސިސް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.