ކަމަނަ ތަކާފުލް | އަންހެނުންގެ ދުޅަހެޔޮކަމާއި މާލީ ރައްކާތެރިކަމަށް ހާއްސަ

ކަމަނަ ތަކާފުލް ފަރުމާކޮށްފައިވަނީ އަންހެނުންނަށް ދިމާވެދާނެ ސިއްހީ ބޮޑެތި ބަލިތަކާއި ހާލަތްތަކަށް ބަލައިގެންނެވެ. މިގޮތުން މި ޕްލޭންގައި ފުރާނައަށް ގެއްލުންހުރި ބޮޑު ބައްޔަކާ ކުރިމަތިވުމުން، ނަގާފައިވާ ޕްލޭންގެ އަދަދު ގަނޑުކޮށް ލިބެ އެވެ.

އާއިލާއެއް ބިނާކުރުމާއި ވަޒީފާގެ މައިދާނުގައި އަންހެނުން އަދާކުރާ މުހިންމު ދައުރާއެކު، އެކަނބަލުންގެ ސިއްހަތާއި މާލީ ކުރިމަގު ރައްކާތެރިކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ސަބަބަކީ އަންހެނުންނަކީ މުޖުތަމައުގެ ބިންގަލަށްވުމެވެ. އެހެން ކަމުން އެލައިޑް އިންޝުއަރެންސުގެ އެލައިޑް އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލްއިން އަންހެން ކަނބަލުންނަށް ހާއްސަކޮށް ތަކާފުލް ޕްލޭންއެއް ތައާރަފުކޮށްފައިވެ އެވެ. އެއީ އެލައިޑް ކަމަނަ ތަކާފުލް އެވެ. މި ޕްލޭންއަކީ ހަމައެކަނި އަންހެނުންނަށް ހާއްސަކޮށް ފަރުމާކޮށްފައިވާ، އިސްލާމީ ޝަރީއާ އުސޫލުތަކަށް ފެތޭ ރައްކާތެރިކަން ލިބިގެންދާ ޕްލޭނެކެވެ. 

މި ޕްލޭން ނެގުމުން ލިބޭ ފައިދާތަކަކީ ކޮބައި ހެއްޔެވެ ؟ އަދި މި ޕްލޭންގައި ހިމެނެނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟

މި ޕްލޭނުން ލިބޭ މުހިންމު ފައިދާތައް

ކަމަނަ ތަކާފުލް ފަރުމާކޮށްފައިވަނީ އަންހެނުންނަށް ދިމާވެދާނެ ސިއްހީ ބޮޑެތި ބަލިތަކާއި ހާލަތްތަކަށް ބަލައިގެންނެވެ. މިގޮތުން މި ޕްލޭންގައި ފުރާނައަށް ގެއްލުންހުރި ބޮޑު ބައްޔަކާ ކުރިމަތިވުމުން، ނަގާފައިވާ ޕްލޭންގެ އަދަދު ގަނޑުކޮށް ލިބިގެން ދެއެވެެ. މި ޕްލޭން ފަރުމާކޮށްފައިވަނީ ކުއްލި ހާލަތެއް ދިމާވެގެން އާމްދަނީ އަށް އަސަރުކުރާ ވަގުތުތަކުގައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުވާނެ ގޮތަކަށެވެ. އަދި މި ޕްލޭން ނެގޭ އުމުރަކީ 18 އަހަރުން ފެށިގެން 50 އަހަރެވެ. މި ޕްލޭންގެ މެޗުރިޓީ އުމުރު ނުވަތަ ޕްލޭން ނިންމާލެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ. ކަމަނަ ތަކާފުލްް ފަރުމާކޮށްފައިވަނީ އިމަޖެންސީ ފަންޑެއް ވެސް ހިމެނޭ ގޮތަށެވެ.

ކަމަނަ ތަކާފުލް ހިޔާރުކުރަންވީ ކީއްވެ؟

މި ޕްލޭންއަކީީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ރައްކާތެރި ޕްލޭން އެކެވެ. މި ޕްލޭން ނެގުމުން، ސިއްހީ ހާލަތެއް ނުވަަތަ މިނޫންވެސް މާލީ ދަތިތަކެއް ކުރިމަތިވާާ ހިނދުި އަމިއްލަ ފައިސާއިން ފަރުވާގެ ކަންކަމާއި މިނޫންވެސް ކަންކަން ހަމަޖެއްސުމުގެ ބާރު ލިބިގެންދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.