މާފުށި ކައުންސިލުން ފިޒިއޮތެރަޕީ ރޫމެއް ހަދައިފި ހޮސްޕިޓަލާ ހަވާލުކޮށްފި

ރައީސް ހަސަން ސޮލާހު ވިދާޅުވީ މި ރޫމާއެކު ބޮޑު ޑިމާންޑެއް އޮތް ފިޒިއޮތެރަޕީ ހިދުމަތް ހޯދަން އެ ރަށު ރައްޔިތުން މާލެ ދިއުން ނިމުމަކަށް އަންނާނެ އެވެ. އަދި ހިދުމަތް ފެށޭނީ ހޮސްޕިޓަލުން ތަކެއްޗާއި ތެރަޕިސްޓުން ހޯދުމުންނެވެ.

ކ. މާފުށީގެ ރައްޔިތުން ރަށުގައި ތިބެގެން ފަސޭހަކަމާއެކު ފިޒިއޮތެރަޕީގެ ޚިދުމަތް ހޯދޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ކައުންސިލްގެ ހަރަދުގައި ލޯކަލް އޮތޯރިޓީ ކުންފުނި ލިމިޓެޑް މެދުވެރިކޮށް ތައްޔާރުކުރި ފިޒިއޮތެރަޕީ ރޫމް މާފުށީ ހޮސްޕިޓަލާ ހަވާލުކޮށްފަ އެވެ.

މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވީ މި ރޫމާއެކު ބޮޑު ޑިމާންޑެއް އޮތް ފިޒިއޮތެރަޕީ ހިދުމަތް ހޯދަން އެ ރަށު ރައްޔިތުން މާލެ ދިއުން ނިމުމަކަށް އަންނާނެ އެވެ.

"މިއީ ބޮޑު ޑިމާންޑެއް އޮތްކަމެއް. މިހާރު އަޅުގަނޑުމެން މިވަނީ މިތަން ހޮސްޕިޓަލާ ހަވާލުކޮށްފަ. ދެން އޮތީ ހޮސްޕިޓަލުން ތަކެއްޗާއި ތެރަޕިސްޓުން ހޯދައިގެން ފެށުން،" ސޮލާހު ވިދާޅުވި އެވެ.

މާފުށި ކައުންސިލުން ބުނީ މި މުހިންމު ޚިދުމަތް ގާއިމުކޮށްފައިވަނީ މާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިމާރާތުގައި، އަންހެނުން ކޮމެޓީގެ ބޮޑު އެއްބާރުލުމަކާ އެކުގަ އެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމުމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކުން ވެދެއްވި އެހީތެރިކަން އެ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.