އެލައިޑް ތަކާފުލް އިން ކަމަނަ ތަކާފުލްގެ ހާއްސަ ޕްރޮމޯޝަނެއް

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ކަމަނަ ތަކާފުލް ޕްލޭނެއް ނަންގަވާ ފަރާތްތަކަށް ފުރަތަމަ މަހުގެ ކޮންޓްރިބިއުޝަން ހިލޭ ލިބިގެންދާނެ އެވެ.

އެލައިޑް ތަކާފުލްގެ ފަރާތުން "ކަމަނަ ތަކާފުލް" ގެ ޚާއްޞަ ޕްރޮމޯޝަނެއް އިއުލާންކޮށްފި އެވެ. 

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ކަމަނަ ތަކާފުލް ޕްލޭނެއް ނަންގަވާ ފަރާތްތަކަށް ފުރަތަމަ މަހުގެ ކޮންޓްރިބިއުޝަން ހިލޭ ލިބިގެންދާނެ އެވެ.

ކަމަނި ޕްލޭއަކީ ކޮބާ ؟ - "ކަމަނަ ތަކާފުލް" އަކީ އަންހެނުންނަށް ހާއްސަކޮށްގެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ރައްކާތެރިކަމާއި ފައިސާ ރައްކާކުރުމުގެ (ސޭވިންގްސް) ޕްލޭނެކެވެ. މި ޕްލޭންގައި މާލީ ރައްކާތެރިކަމާއި ދިގުމުއްދަތުގެ ސޭވިންގްސްގެ ފައިދާތައް އެކުލެވިގެންވެ އެވެ. މީގެ އިތުރުން، މި ޕްލޭނަކީ ފައިސާ ރައްކާކުރުމާއި، ރައްކާތެރިކަމާއި، ލުއިފަސޭހަކަން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. މީގެ ސަބަބުން އަންހެނުންނަށް އެމީހުންގެ އާއިލާ ރައްކާތެރިކުރުމާއެކު، އަމިއްލަ މާލީ މުސްތަޤްބަލު ބައްޓަންކުރުމުގެ ބާރުވެރިކަން ލިބިގެންދާނެ އެވެ.

ޕްރޮމޯޝަންގެ މުއްދަތު - ދެ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދެވޭ ކަމަނަ ތަކާފުލް ޕްރޮމޯޝަނުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ ވީހާވެސް ގިނަ އަންހެނުންނަށް މާލީ މިނިވަންކަމާއި ދިގު މުއްދަތުގެ ރައްކާތެރިކަން ހޯދުމަށް ފަސޭހަ މަގުތަކެއް ފޯރުކޮށްދިނުމެވެ. އެލައިޑް ތަކާފުލްއިން ގަބޫލުކުރާ ގޮތުގައި، އަންހެނުންގެ ބާރުވެރިކަން ފެށެނީ ފައިސާ ރައްކާކޮށްދޭ، ރައްކާތެރިކަން ކަށަވަރުކޮށްދޭ، އަދި އަންހެނުންނާއެކު ކުރިއަރާނެ ފަދަ ހަރުދަނާ މާލީ ރޭވުމެއް އޮތުމުންނެވެ.

ކަމަނަ ތަކާފުލްގެ ދަށުން މި ޕްލޭންގެ މުއްދަތު ހަމަވުމުން، ބައިވެރިވާ ފަރާތްތައް ރައްކާކުރި ފައިސާއާއި އެ ފައިސާ އިން ލިބުނު ފައިދާ އަނބުރާ ލިބިގެންދާނެ އެވެ. މީގެ އިތުރުން، މި ޕްލޭންގައި "އިމަޖެންސީ ފަންޑް" އެއް ހިމެނެ އެވެ. މީގެ ސަބަބުން ކޮންމެ ދެ އަހަރަކުން އެއްފަހަރު، ރައްކާކުރި ޖުމްލަ އަދަދުގެ %5 އާ ހަމައަށް ފައިސާ ނެގުމުގެ ފުރުސަތު ލިބިގެންދެއެވެ. މިއީ ދިގުމުއްދަތުގެ ސޭވިންގްސް އަށް ބުރޫނާރާނެހެން، ކުއްލިއަކަށް ކުރިމަތިވާ މާލީ ބޭނުންތައް ފުއްދުމަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ.
މިއާއެކު، މި ޕްލޭނަކީ މަރުވުމާއި، ނުރައްކާތެރި ބަލިތަކާއި، އަދި ދާއިމީ ނުކުޅެދުންތެރިކަން ފަދަ ހާލަތްތަކުގައި ފުރިހަމަ މާލީ ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭނެކެވެ.

މި ޕްލޭންގެ ހުރިހާ މުއާމަލާތްތަކެއް ކުރިއަށްދާނީ އިސްލާމީ ޝަރީޢަތުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މީގެ އިތުރުން، އަންހެނުންގެ ސިއްހަތާއި މާލީ ދުޅަހެޔޮކަމަށް އެލައިޑް ތަކާފުލްއިން ދޭ އަހައްމިއްޔަތު ހާމަކޮށްދިނުމުގެ ގޮތުން، ކަމަނަ ތަކާފުލްގެ ބައިވެރިންނަށް ކޮންމެ ތިން އަހަރަކުން އެއްފަހަރު ހިލޭ ކެންސަރު ސްކްރީނިންގް ހެދުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.


އެލައިޑް ތަކާފުލްގެ މަގްސަދަކީ، އާއިލާތަކަށާއި ވަކިވަކި ފަރުދުންނަށް އިތުބާރާއި ހިތްހަމަޖެހުމާއެކު މުސްތަޤްބަލު ރޭވުމަށް އެހީތެރިވެދޭނެ ފަދަ، ރައްކާތެރިކަން ކަށަވަރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިއޮތުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.