ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޚާމަނާއީ އަވަހާރަކޮށްލުން ކުށްވެރިކުރުމާ މެދު ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވުމަށް ވެސް މައުރޫފް ފާޑުވިދާޅުވި އެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި އެ ގަައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ އަލްޚާމަނާއީ އަވަހާރަކޮށްލާފައިވާއިރު، އެކަން ދިވެހި ސަރުކާރުން ކުށްވެރިނުކުރާތީ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރުގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަހުސެއްގެ ތެރެއިން މައުރޫފް ވިދާޅުވީ، މީގެ ކުރިން އިސްލާމީ ގައުމެއްގެ ވެރިއަކު އަވަހާރަވެއްޖެނަމަ، ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށް، އެ ހިތާމައިގައި ރާއްޖޭން ބައިވެރިވާ ކަމަށެވެ.
"...މިކަން ނުކުރުމަކީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް. އަދި އިޒްރޭލުގެ މި ނިރުބަވެރި ހަނގުރާމައަށް ވާގިވެރިވާ ގޮތަށް ދިވެހި ސަރުކާރުން ކަންތައްތައް ބެހެއްޓުމަކީ ދިވެހި ރައްޔިތުން ނުހަނު ކަންބޮޑުވާކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޚާމަނާއީ އަވަހާރަކޮށްލުން ކުށްވެރިކުރުމާ މެދު ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވުމަށް ވެސް މައުރޫފް ފާޑުވިދާޅުވި އެވެ.
އަދި އެ ބައްދަލުވުމުގައި އީރާނުގެ ހަނގުރާމަ އާ ގުޅިގެން ކާބޯތަކެއްޗާއި ތެލާއި ގޭހަށް ރާއްޖެ ނުޖެހޭނެ ކަމަށް ރައީސް ޔަގީންކަން ދެއްވިތާ 24 ގަޑިއިރުގެ ތެރޭގައި ޕެޓްރޯލާއި ޑީސަލްގެ އަގު ރެކޯޑު މިންވަރަކަށް ބޮޑުކުރި ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި ހަނގުރާމަ އެތައް ދުވަހަކަށް ދިގުލައިގެންދާނެ ކަމަށް ބެލެވޭއިރު، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ހުރި މިންވަރު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދިނުމަށް މައުރޫފް ގޮވާލެއްވި އެވެ.