31 ހާފިޒުން ދަސްވެނިވެއްޖެ، މިހާރު ރާއްޖޭގައި 301 ހާފިޒުން އެބަތިބި

މިރޭގެ ރަސްމިއްޔާތުގައި 31 ހާފިޒުން ދަސްވެނިވެފައިވާއިރު، 50 ހާފިޒަކަށް ވަނީ ރައީސުލްޖުމުހޫރިއްޔާ ދެއްވާ މެޑައްޔާއި އިނާމު ދެއްވާފަ އެވެ.

މިރޭ ދަސްވެނިވި ހާފިޒަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މެޑަލް އަރުއްވަނީ --

ކީރިތި ގުރުއާން ހިތުދަސްކޮށްފައިވާ ހާފިޒުން ދަސްވެނިވުމަށް މިރޭ ބޭއްވި ޖަލްސާގައި 31 ހާފިޒުން ދަސްވެނިވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ހާފިޒުން ދަސްވެނިވެނިވި ރަސްމިއްޔާތު ކަމަށެވެ. އެގޮތުން މިރޭގެ ރަސްމިއްޔާތުގައި 31 ހާފިޒުން ދަސްވެނިވެފައިވާއިރު، 50 ހާފިޒަކަށް ވަނީ ރައީސުލްޖުމުހޫރިއްޔާ ދެއްވާ މެޑައްޔާއި އިނާމު ދެއްވާފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓްރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ ކީރިތި ގުރުއާނަށް ހިދުމަތް ކުރުމާއި، ކީރިތި ގުރުއާން ހިތުދަސް ކުރުމުގެ ކަންތައްތައް މުޅި ރާއްޖެއަށް ފެތުރުމުގައި ރާއްޖެ ދެކެމުން މިދަނީ ވަރަށް ހެޔޮ ދުވަސްތަކެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ގުރުއާނުގެ އިލްމު ފެތުރުމަށް 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަން ފާހަގަކުރެއްވި އެވެ.

"ދިވެހިރާއްޖޭގައި ހާފިޒުންގެ އަދަދު މިހާރު ވަނީ 301 އަށް އަރާފައި. މިއީ ވަރަށް އުފާވެރި ކަމެއް. އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ހާފިޒުންގެ އަދަދު 500 އާއި ހަމައަށް ގެންދިއުމަށް މަސައްކަތް ކުރުން. އަދި ވުޒާރާގެ ދުރު ރާސްތާ އަމާޒަކީ އިސްލާމީ ގައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން ހާފިޒުންގެ އަދަދު އެންމެ ގިނަ ގައުމަށް ދިވެހިރާއްޖެ ހެދުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިރޭ ދަސްވެނިވި ހާފިޒުން --

މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގައި 301 ހާފިޒުން ތިބިއިރު، އެއީ 139 އަންހެން ހާފިޒުންނާއި 162 ފިރިހެން ހާފިޒުންނެވެ. މިހާރުވެސް 1873 ދަރިވަރުން ދަނީ ގުރުއާން ހިފްޒު ކުރަމުންނެވެ.

ސަރުކާރުން މިހާރު ވަނީ ހާފިޒުންނަށް ދޭ އެލަވަންސް ވެސް ބޮޑުކޮށްފަ އެވެ. އެގޮތުން މިހާރު ހާފިޒުންނަށް ދެމުންދަނީ 4000ރ. ގެ އެލަވަންސެކެވެ. އޭގެ ކުރިން ދެމުން ދިޔައީ 2000ރ. ގެ އެލަވަންސެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.