މާފުށްޓާއި އެރަށުގެ ހިއްކި ސަރަޙައްދު ގުޅާލާ ކޯޒްވޭގެ މަސައްކަތް ފަށައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން، މާފުއްޓާއި އެ ރަށުން ހިއްކި ބިން ގުޅާލުމަށް 137 މީޓަރުގެ ކޯޒްވޭއެއް އަޅާނެ އެވެ.

މާފުށީގެ ހިއްކި ސަރަހައްދު ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އެމްޓީސީސީ

ކ. މާފުށްޓާއި އެރަށުން އަލަށް ހިއްކި ސަރަހައްދު ގުޅުވާލަދޭ ކޯޒްވޭގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން، މާފުއްޓާއި އެ ރަށުން ހިއްކި ބިން ގުޅާލުމަށް 137 މީޓަރުގެ ކޯޒްވޭއެއް އަޅާނެ އެވެ.

އެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމާއި، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދުގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މިއީ ޖުމްލަ 35.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ އެއް އަހަރު ދުވަހުން ނިންމާ ގޮތަށެވެ.

މާފުށީ ފަޅުން 25 ހެކްޓަރުގެ ބިން ހިއްކާފައި ވަނީ 2021 ވަނަ އަހަރު އެވެ. އެ ބިން މިހާރު އޮތީ ރަށާ ވަކިންނެވެ. ކޯޒްވޭއިން ގުޅާލުމުން ދަތުރުފަތުރު ކުރުމަށާއި މުދާ އުފުލުންފަދަ ކަންކަމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީއިން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.