އެމްޑީޕީ މުޒާހަރާއާ ގުޅިގެން މައުރޫފް ހިމެނޭހެން 8 މީހަކަށް ދައުވާ ކޮށްފި

އެމީހުންގެ މައްޗަށް އުފުލާފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ.

އެމްޑީޕީން މީގެ ކުރިން ބޭއްވި ހިނގާލުމެއް

އެމްޑީޕީން ކުރި މުޒާހަރާއަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި އިތުރު މެންބަރުންތަކަކަށް ދައުވާ ކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އޮކްޓޫބަރު 3، 2025 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރުކުރުމަށާއި، އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ދައުވާ ކުރި މީހުންނަކީ؛

  •  އަބްދުއްސަލާމް
  •  މުހައްމަދު ހަމާއިދު އަބްދުލްގަނީ
  •  އަލީ ނައުފަލް
  •  މައުރޫފް ޒާކިރު
  •  އައިޝަތު ނަޖުދާ އަލީ
  •  އަލީ މުއައްވަޒު
  •  ފާތިމަތު ޒަހިއްޔާ
  •  ހުސައިން ރަޝީދު

އެމީހުންގެ މައްޗަށް އުފުލާފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި އިތުރު ހަތް މީހެއްގެ މައްޗަށް ވެސް ތުހުމަތު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ދައުވާ ކުރުމުގެ އާންމު މަސްލަހަތު ނެތުމުގެ ސަބަބުން އެމީހުންގެ މައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

އެމްޑީޕީން ބުނެފައިވަނީ މި ދައުވާތައް ކުރަނީ އެމްޑީޕީގެ މުޒާހަރާތަކަށް ނުކުންނަ މީހުންނަށް ބޮރުދެއްކުމުގެ ގޮތުން ކަމަށެވެ. އަދި މިއީ ގާނޫނާ ހިލާފަށް އުފުލާފައިވާ ދައުވާތަކެއް ކަމަށްވެސް އެ ޕާޓީން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.