އަދި ދައުވާކުރި މީހުންގެ ތެރޭގައި ފަޒުލްގެ ބޭބެ، ފަޒީލްވެސް ހިމެނެ އެވެ.

'ބިންވެރިޔާ' ސްކީމްގެ ދަށުން ހުޅުމާލޭން ހައްގު ނޫން ބަޔަކަށް ސައްހަ ނޫން ލިޔުން އުފައްދައިގެން ގޯތިތަކެއް ދިން މައްސަލައިގައި 12 މީހަކަށް ދައުވާ ކޮށްފި އެވެ.
ބިންވެރިޔާ ސްކީމުގެ ތެރެއިން ގޯތި ލިބުނު މީހުންގެ ލިސްޓުގައި ނުހިމެނޭ ފަރާތްތަކަކަށް ގޯތި ދޫކޮށް، ގޯތީގައި އިންފާރު ރޭނުމަށް އެޗްޑީސީން ހުއްދަ ދިން މައްސަލާގައި އެ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ ފަޒީލް ރަޝީދު ހިމެނޭހެން އެ ކޯޕަރޭޝަންގެ މުވައްޒަފުންތަކަކަށް ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި ދައުވާކުރި މީހުންގެ ތެރޭގައި ފަޒީލްވެސް ހިމެނެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިނުވާ މީހުން، ގޯތި ލިބިފައިވާކަމަށް ދައްކައި ސައްހަ ނޫން ލިޔެކިޔުން ހަދައިގެން އެޗްޑީސީއަށް ހުށަހަޅާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ދައުވާ ކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ ދެ މީހެއްގެ މައްޗަށް އުފުލާފައިވެ އެވެ. އެއީ ގ. ޕޫލްބަހާރުއާގެ، އަހުމަދު އަތީގު އަބްދުالله އަދި ނ. ވެލިދޫ، ޑޭޒީމާގެ އަހުމަދު މާޒިންގެ މައްޗަށެވެ.
އެމީހުންގެ މައްޗަށް އެ ދައުވާ އުފުލީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްގުވެރިކަން އެނގޭނޭ ސައްހަ ނޫން ރަޖިސްޓްރީ އަދި އެއްބަސްވުން އުފައްދާފައިވާތީ އެވެ.
އެ ތުހުމަތުގައި މ. ފަޅުމަތީގެ، އަރުޝަދު އަލީގެ މައްޗަށް އުފުލާފައި ވަނީ ސައްހަ ނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި ހުޅުމާލެއިން ގޯތި ލިބިފައިވާކަން ދައްކައި، އެ ގޯތީގެ ވަށާފާރު ރޭނުމުގެ މަސައްކަތްކުރުމުގެ ހުއްދަ ހޯދުމުގެ ގޮތުން، އެ ގޯތީގެ ސައްހަ ނޫން އެއްބަސްވުމާއި، ސައްހަ ނޫން ރަޖިސްޓްރީ އެޗްޑީސީއަށް ހުށަހެޅި މައްސަލައިގައި ނުވަ މީހެއްގެ މައްޗަށް އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފަ އެވެ. އެއީ؛
ޕީޖީ އޮފީހުން ބުނީ މި މައްސަލައާ ގުޅޭ ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭތީ، އެ ބައިތައް ވަކި މައްސަލައެއް ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ނިމުމުން ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.