މި ހަމަނުޖެހުންތަލާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ސަރަހައްދުގެ ގައުމުގަތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމާމެދު ކަންބޮޑުވާ ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގައި އެ ސަރަހައްދުގައި ކިޔަވާ ދަރިވަރުންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށާއި، އެކުދިންގެ ސަލާމަތަށްޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މި ހަމަނުޖެހުންތަލާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ސަރަހައްދުގެ ގައުމުގަތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމާމެދު ކަންބޮޑުވާ ކަމަށެވެ.
އަދި އެއިން އެއްވެސް ދަރިވަރަކަށް އޭގެ އަސަރު ކުރޭތޯ ބަލަމުންދާ ކަމަށާއި، ކަމާގުޅޭ އިދާރާތަކާ ގުޅިގެން، އެ ސަރަހައްދުގެ މަޝްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ކުރަން ޖެހޭ މުއާމަލާތްތައް މެދުކެނޑުމެއްނެތި ކުރަމުންދާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން، މެދުއިރުމަތީގެ އެކި ގައުމުތަކުގައި އެމެރިކާއިން ގާއިމުކޮށްފައިހުރި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް، އީރާނުން ވެސް ދަނީ ރައްދު ހަމަލާތައް ދެމުންނެވެ.
އޭގެތެރޭގައި، ސައުދީ އާއި ގަތަރު، އުރުދުން، ޔޫއޭއީ ހިމެނެ އެވެ.