އެއާޕޯޓުގައި ތާށިވި ޓޫރިސްޓުންނަށް ޓާމިނަލް އާއި ލައުންޖުގައި ނިދޭނެ އިންތިޒާމު

ބައެއް ޓޫރިސްޓުން ވަނީ ރިސޯޓް / ގެސްޓްހައުސްތަކަށް ގޮސްފަ އެވެ. ނަމަަވެސް ބައެއް މީހުން އެއާޕޯޓުގައި މަޑުކުރަން ބޭނުންވާތީ އެމީހުންނަށް ވަނީ އިތުރު ގޮތްތަކެއް ހަމަޖައްސައިދީފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގު މިއަދު ވީއައިއޭގައި ޓޫރިސްޓުންނާ ވާހަކަ ދައްކަަނީ -- ފޮޓޯ : ޓޫރިޒަމް

އެމެރިކާއިން އީރާނަށް ހަމަލާ ދިނުމާ ގުޅިގެން، މެދުއިރުމަތީގެ ހާލަތު ގޯސްވެ ވައިގެ ދަތުރުފަތުރުތައް ހުއްޓާލުމާއެކު ވީއައިއޭގައި ތާށިވެފައިތިބި ޓޫރިސްޓުންނަށް ޓާމިނަލް އާއި ލައުންޗުގައި ނިދޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހުންނަވާ ޓޫރިޒަމް މިނިސްޓަރު ތޯރިގު މުހައްމަދު ވިދާޅުވީ ކުއްލިއަކަށް ދިމާމި މިހާލަތާއެކު ދަތިތަކެއް ކުރިން ކުރިމަތިވިނަމަވެސް އެމްއޭސީއެލް އާއި ޓޫރިޒަމް އިންޑަސްޓްރީ އަދި ސަރުކާރު ގުޅިގެން ކުރި މަސައްކަތުން ދަތުރުކުރަން ތިބި ޓޫރިސްޓުންނަށް ގޮތްތަކެއް ވަނީ ހަމަޖައްސާ ދީފަ އެވެ. މިގޮތުން ރިސޯޓް / ގެސްޓްހައުސްތަކަށް ދާން ބޭނުން ނުވާ ޓޫރިސްޓުންނަށް ޓާމިނަލްގައި ނިދޭނެ އިންތިޒާމު ވަނީ ހަމަޖައްސާދީފަ އެވެ. 

"ނުފުރިފަ ތިބި ފަތުރުވެރިންނަށް މިރޭ ހޭދަކޮށްލަން ފުރުސަތު ދިނުން. އަދި މެލެލީސްތަކަށް ތިބެވޭ ގޮތަށް ކުރީގެ ލައުންޖު ސާފުކޮށްފަ އެތަނުގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސަން. މިއަދު ދިމާވި ދަތި އުނދަގޫތަށް ވަރަށް ބޮޑަށް ފިލުވިގެން ހިނގައްޖެ،" ތޯރިގު ވިދާޅުވި އެވެ. 

ފްލައިޓްތައް މެދުކަނޑާލުމާ ގުޅިގެން ފުރަން ދިމަ ޓޫރިސްޓުންގެ އަދަދު ގާތްގަނޑަކަށް 2،000 އަށް އަަރަ އެވެ. މީގެތެރޭން ބައެއް ޓޫރިސްޓުން ވަނީ އަމިއްލައަށް ގެސްޓްހައުސްތަކާއި ރިސޯޓްތަކަށް ގޮސްފަ އެވެ. އަދި ބައެއް މީހުން ވަނީ ހާލަތު ބަދަލުވަންދެން ޓާމިނަލްގައި ތިބެން ނިންމާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.