އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް އުފެއްދެވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓަރުންނެވެ.

އެމެރިކާ އާއި އިޒްރޭލުން އިރާނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮމިޓީއެއް އުފައްދަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް އުފެއްދެވި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ނުވަ މެންބަރުންގެ ނަން ހިއްސާ ކުރައްވައިފަ އެވެ. އެއީ:
އެ ކޮމިޓީގެ ޗެއާ އަކަށް އައްޔަން ކޮށްފައި ވަނީ ފޮރިން މިނިސްޓަރު ހަލީލެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިންނަށް އަސަރު ކޮށްފާނެ ދާއިރާތަކާ ގުޅޭ ގޮތުން އެ މިނިސްޓްރީތަކުން މައުލޫމާތުތައް ދެމުން ގެންދާނެ ކަމަށް ހީނާ ވިދާޅުވި އެވެ.
އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް މިއަދު ދޭން ފެށި ހަމަލާތަކާ ގުޅިގެން، މެދުއިރުމަތީގެ އެކި ގައުމުތަކުގައި އެމެރިކާއިން ގާއިމުކޮށްފައިހުރި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް، އީރާނުން ވެސް ދަނީ ރައްދު ހަމަލާތައް ދެމުންނެވެ.
އޭގެތެރޭގައި، ސައުދީ އާއި ގަތަރު، އުރުދުން، ޔޫއޭއީ ހިމެނެ އެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ދެ ފަރާތުން ވެސް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް މަސްރަހު ފިނިކުރަން ހުރިހާ ފަރާތްތަކަށް ވެސް ގޮވާލައިފަ އެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ކުރިމަތިލުންތަކާ ގުޅިގެން، ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން ދަނީ އެ ސަރަހައްދުން ދަތުރުކުރާ ފްލައިޓުތައް ކެންސަލްކުރަން ފަށައިފަ އެވެ.
އެއާ އެކު، މި ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރައި، އެކަމުގެ އަސަރު ރާއްޖޭގައި ތިބި އަދި އަންނަން ތިބި ޓޫރިސްޓުންނަށް ވެސް ވަނީ އަސަރުކޮށްފަ އެވެ.
މިގޮތުން، މިހާރު ވެސް 2،000 އެއްހާ ޓޫރިސްޓުން ވެލާނާ އެއާޕޯޓުގައި ނުފުރި ތާށިވެފައިތިބި ކަމަށް އެމްއޭސީލްއިން ވަނީ ބުނެފަ އެވެ.