މެދުއިރުމަތި ހޫނުވެ، ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން ދަތުރުތައް މެދުކަނޑާލައިފި

އިސްރާއީލުން އީރާނަށް ހަމަލާދީ، އެމެރިކާގެ އަސްކަރިއްޔާ އިން އީރާނުގެ އެކި އަމާޒުތަކަށް ހަމަލާތައް ފޮނުވަން ފެށުމުން، އީރާނުން ވަނީ ގިނަ އަދަދެއްގެ މިސައިލުން ރައްދު ހަމަލާ ދީފަ އެވެ.

އެއާޕޯޓެއްގައި ފްލައިޓް ފެންނަ ބޯޑަށް މީހަކު ބަލަހައްޓައިގެން -- ފޮޓޯ : އޭޕީ

އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދޭން ފެށި ވަރުގަދަ ހަމަލާތަކާއެކު މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެ، ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން އެ ސަރަހައްދަށް ކުރާ ދަތުރުތައް މިއަދު މެދުކަނޑާލައިފި އެވެ.

އިސްރާއީލުން އީރާނަށް ހަމަލާދީ، އެމެރިކާގެ އަސްކަރިއްޔާ އިން އީރާނުގެ އެކި އަމާޒުތަކަށް ހަމަލާތައް ފޮނުވަން ފެށުމުން، އީރާނުން ވަނީ ގިނަ އަދަދެއްގެ މިސައިލުން ރައްދު ހަމަލާ ދީފަ އެވެ. މި ހަމަލާތަކާ ގުޅިގެން އީރާން، އިސްރާއީލް، އިރާގު އަދި އުރުދުންގެ ވައިގެ ސަރަހައްދު ވަނީ އާންމު ދަތުރުފަތުރަށް ބަންދުކޮށްފައެވެ. 

ދަތުރުތަކަށް އައި ބަދަލުތައް

ލުފްތަންސާ - ދުބާއީއަށް ކުރާ ދަތުރުތައް މިއަދާއި މާދަމާ މެދުކަނޑާލައި، ތެލް އަވީވް، ބެއިރޫތު އަދި އޮމާނަށް ކުރާ ދަތުރުތައް މާރިޗު 7 އާ ހަމައަށް ވަނީ ހުއްޓާލާފައެވެ.
ފްލައި ދުބާއީ - ވައިގެ ސަރަހައްދުތައް ބަންދުކުރުމާ ގުޅިގެން ބައެއް ފްލައިޓްތަކަށް އަސަރުކޮށްފައިވާ ކަމަށް އެ އެއަރލައިނުން ބުނެއެވެ.
ވިޒް އެއާ -އިސްރާއީލް، ދުބާއީ، އަބޫދާބީ އަދި އައްމާނަށް ކުރާ ހުރިހާ ދަތުރުތަކެއް ވަގުތުން ވަނީ މެދުކަނޑާލާފައެވެ.
އެއާ ފްރާންސް އަދި ކޭ.އެލް.އެމް - ތެލް އަވީވް އާއި ބެއިރޫތަށް ކުރާ ދަތުރުތައް ވަނީ ކެންސަލްކޮށްފައެވެ.
އެމިރޭޓްސް - ޔޫ.އޭ.އީ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ގައުމުގެ ވައިގެ ސަރަހައްދުގެ ބައެއް ބައިތައް ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

ޔޫރަޕާއި އޭޝިއާއާ ދެމެދު ކުރާ ދަތުރުތަކަށް މެދުއިރުމަތީގެ ވައިގެ މަގަކީ ވަރަށް މުހިންމު މަގެކެވެ. ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގެ ވައިގެ މަގު ބަންދުވެފައި އޮތުމުން، މެދުއިރުމަތީގެ މަގު ބަންދުވުމަކީ ދަތުރުތަކުގެ ވަގުތު އިތުރުވެ، ތެލަށް ކުރާ ހޭދަ ބޮޑުވެ އެއަރލައިންތަކަށް މާލީ ބޮޑު ބުރައަކަށް ވާނެ ކަމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.