އެ ހިދުމަތުން ބުނީ މިއީ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު ފަހުގެ ބޮޑީ ސްކޭނިން މެޝިނެއް ކަމަށެވެ. އަދި މިއީ މާފުށި ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިން ކަމަށް ވެސް ބުންޏެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ، މާފުށީ ޖަލުގައި އަލަށް ބެހެއްޓި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިން، އިފްތިތާހު ކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ކަމަށެވެ.
އެ ހިދުމަތުން ބުނީ މިއީ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު ފަހުގެ ބޮޑީ ސްކޭނިން މެޝިނެއް ކަމަށެވެ. އަދި މިއީ މާފުށި ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިން ކަމަށް ވެސް ބުންޏެވެ.
އަލަށް ބެހެއްޓި ބޮޑީ ސްކޭނަރަކީ ސަރުކާރުން މިނިސްޓްރީ މެދުވެރިކޮށް ފޯރުކޮށްދެއްވި މެޝިނެއް ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.
ޒަމާނީ ފެންވަރުގެ މި މެޝިނަކީ އިންސާނުންގެ ހަށިގަނޑުތެރޭގައި ފޮރުވައިގެން ވައްދާ އެއްޗެހިވެސް ދެނެގަނެވޭފަދަ މެޝިނެކެވެ. އެހެންކަމުން މަސްތުވާތަކެއްޗާއި ފޯނުފަދަ ތަކެތި ފޮރުވައިގެން ވައްދަން އުޅޭނަމަ މި މެޝިނުގެ އެހީގައި ދެނެގަނެވޭނެ އެވެ.