ބަހްރޭނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާ އަރައިފި

މި ހަމަލާއާ ގުޅިގެން މަނާމާގެ ޖުފެއިރު ސަރަހައްދުން ބޯކޮށް ދުން އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ބަހްރޭންގެ ވެރިރަށް މަނާމާގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަރުކަޒުން ދުން އަރަނީ

ބަހްރޭންގެ ވެރިރަށް މަނާމާގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓްގެ މަރުކަޒަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފި އެވެ.

މި ހަމަލާއާ ގުޅިގެން މަނާމާގެ ޖުފެއިރު ސަރަހައްދުން ބޯކޮށް ދުން އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާ ދީފައިވަނީ އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދޭން ފެށި "އޮޕަރޭޝަން އެޕިކް ފިއުރީ" އަށް ރައްދު ދިނުމުގެ ގޮތުން އީރާނުންނެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އިން ވަނީ ބަހްރޭނާއި، ގަތަރު އަދި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ފޮނުވާލާފައިވާ ކަމަށް ބުނެފައެވެ.

ބަހްރޭން ސަރުކާރުގެ އިރުޝާދު

ހަމަލާތަކާ ގުޅިގެން ބަހްރޭންގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން ވަނީ މުޅި ގައުމުގައި ސައިރަން އަޅުވައި، ރައްޔިތުންގެ ސަލާމަތަށްޓަކައި ހާއްސަ އިރުޝާދުތަކެއް ނެރެފައެވެ.  

  • ހުރިހާ ރައްޔިތުންވެސް އެންމެ ކައިރީގައި ހުރި ރައްކާތެރި އިމާރާތަކަށް ވަނުން ނުވަތަ ނިވާކަން ހުރި ތަންތަނަށް ވަދެ ތިބުން.
  • ސަރުކާރުގެ ރަސްމީ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުން.
  • މަގުތަކަށް ނުނިކުމެ، ޚަބަރުތައް ފޯރުކޮށްދޭ ރަސްމީ ވަސީލަތްތަކަށް ސަމާލުވުން.

މި ހަމަލާތަކާ ގުޅިގެން ބަހްރޭން، ގަތަރު އަދި ޔޫ.އޭ.އީގެ ވައިގެ ސަރަހައްދު މިހާރު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އެމެރިކާގެ އެމްބަސީތަކުން ވެސް ވަނީ އެ ގައުމުތަކުގައި އުޅޭ އެމެރިކާ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.