އީރާނުން ރައްދު ފަށައިފި، އިޒްރޭލުން ބާރުގަދަ ގޮވުންތަކެއްގެ އަޑު

އައިއާރުޖީސީ އިން ބުނިގޮތުގައި އެމެރިކާއާއި އިސްރާއީލުން އީރާނުގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ހަމަލާތަކުގެ ރައްދުގައި އިސްރާއީލާ ދެކޮޅަށް ފުޅާދާއިރާއެއްގައި މިސައިލާއި ޑްރޯން ހަމަލާތަކެއް ވަނީ ފޮނުވާލާފަ އެވެ.

އީރާނުން މިސައިލެއް ލޯންޗް ކުރަނީ -- ފޮޓޯ: އޭޕީ

އީރާނަށް ހަމަލާ އެރިތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި އީރާނުން ފޮނުވާލި ހަމަލާތަކާއެކު އިސްރާއިލްގެ ބައެއް ސަރަހައްދުތަކަށް އަރައިފި އެވެ.

އީރާނުގެ އިސްލާމިކް ރިވަލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނިގޮތުގައި އެމެރިކާއާއި އިސްރާއީލުން އީރާނުގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ހަމަލާތަކުގެ ރައްދުގައި އިސްރާއީލާ ދެކޮޅަށް ފުޅާދާއިރާއެއްގައި މިސައިލާއި ޑްރޯން ހަމަލާތަކެއް ވަނީ ފޮނުވާލާފަ އެވެ.

އިންގިލާބީ ލަޝްކަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްލާމިކް ރިޕަބްލިކް އޮފް އީރާނާ ދެކޮޅަށް ދުޝްމަނުން ދިން އިސްތިއުމާރީ އަދި ޖިނާއީ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އިސްރާއީލުގެ އިސްތިއުމާރުގެ ދަށުގައިވާ ބިންތަކަށް އަމާޒުކޮށް ފޮނުވާލި ފުރަތަމަ ބުރުގެ މިސައިލް އަދި ޑްރޯން ހަމަލާތައް މިހާރު ފަށާފައިވާ ކަމަށެވެ.

އިސްރާއިލްގެ ނޫސްތަކުގައިވާ ގޮތުން ބުނެފައިވާ ގޮތުގައި ރަމާލާ އާއި ޓެލްއަވީވް އިން ވަނީ ގޮވުންތަކުގެ އަޑު އިވިފަ އެވެ. އަދި އެންމެ ބޮޑު ނިއުކްލިއަ ހުންނަ އަވަށުންވެސް ގޮވުންތަކުގެ އަޑުއިވުނެވެ. ބައެއް ހަމަލާތައް އަރާފައިވާ ކަމަށް ހަބަރު ލިބެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.