އިޒްރޭލާއި އެމެރިކާއިން އިރާނަށް ހަމަލާ ދޭން ފަށައިފި

އެކަމާ ގުޅީގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ސްޓޭޓްމަންޓެއް ދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ގުޅިފައިވާ ހަމަލާތަކުގެ މަގްސަދަކީ އީރާނުގެ ސަރުކާރުގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކާތައް ނައްތާލުމެވެ.

އެމެރިކާ އާއި އިޒްރޭލް އިން އިރާނަށް ހަމަލާ ދޭން ފަށައިފި އެވެ.

އެމެރިކާގެ އިސް އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވީ އެ ގައުމުން އިރާނުގެ ބައެއް އަސްކަރީ ތަންތަނާއި ވެރިންނަސް އަމާޒުކޮށް ހަމަލާތަކެއް ދޭން ފަށާފައިވާ ކަމަށެވެ.

އިޒްރޭލްގެ ޑިފެންސް މިނިސްޓްރީ އާ ހަވާލާދީ ރޮއިޓާސް އިން ބުނި ގޮތުގައި އެއީ މަސްތަކެއް ކުރިން އެމެރިކާ އަދި އިޒްރޭލުން ރާވަމުން އައި ހަމަލާތަކެކެވެ. އަދި ހަމަލާދޭނެ ދުވަސް މީގެ ހަފްތާތަކެއް ކުރިން ނިންމާފައިވާ ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.

އެކަމާ ގުޅީގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ސްޓޭޓްމަންޓެއް ދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ގުޅިފައިވާ ހަމަލާތަކުގެ މަގްސަދަކީ އީރާނުގެ ސަރުކާރުގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކާތައް ނައްތާލުމެވެ. 

"މީގެ ކުޑައިރުކޮޅެއް ކުރިން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގައި އަސްކަރީ ބޮޑު އޮޕަރޭޝަނެއް ފަށާފަ އަޅުގަނޑުމެންގެ އަމާޒަކީ އީރާނުގެ ސަރުކާރުގެ ފަރާތުން ކުރިމަތިވާ ނުރައްކާތަކުން އެމެރިކާގެ ރައްޔިތުން ސަލާމަތްކޮށް ދިފާއުކުރުން،" ޓްރަމްޕް ވިދާޅުވި އެވެ.

އިރާންގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ތެހެރާނުގެ އުތުރުގައިވާ ސައްޔިދު ހަންދާން ސަރަހައްދުގައި ބާރުގަދަ ގޮވުންތަކެއް ވަނީ ގޮވާފަ އެވެ. މީގެ އިތުރުން އީރާނުގެ ހުޅަނގު އިލާމް ޕްރޮވިންސް ހިމެނޭހެން އެ ގައުމުގެ އެކި ސަރަހައްދުތަކަށް ހަމަލާތައް އަމާޒުވެފައިވާ ކަމަށް އެ މީޑިއާތަކުގައި ބުނެފައިވެ އެވެ.
 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.