އީސީން މިއަދު ބުނީ، އިންތިހާބު މޮނިޓާކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރުފަހު 3:00 ގައި ހަމަވާނެ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަމަވާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހަނދާކޮށްދީފި އެވެ.
އޭޕްރީލް 4 ގައި އޮންނަ އިންތިހާބު މޮނިޓާކުރުމުގެ ފުރުސަތު އީސީން ހުޅުވައިލީ މި މަހުގެ 9 ގަ އެވެ.
އީސީން މިއަދު ބުނީ، އިންތިހާބު މޮނިޓާކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރުފަހު 3:00 ގައި ހަމަވާނެ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި މޮނިޓަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނީ، ނޫސް މަޖައްލާތަކަށާއި، ހަބަރު ފަތުރާ އިދާރާތަކަށް ކަނޑައަޅާ ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް އެ ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv އިންނެވެ.
މިގޮތުން، "މޮނިޓަރުންގެ މަޢުލޫމާތު ހުށަހެޅުމަށްޓަކައި ޑޭޓާ ލިއޭޒަންއަކަށްވުމަށް އެދޭ ފޯމު" ފުރިހަމަކޮށް omc@elections.gov.mv އަށް އީ-މެއިލްކުރަންވާނެ ކަމަށް އީސީން ބުންޏެވެ.
އިންތިހާބު މޮނިޓާ ކުރުމުގެ ހުއްދަ ދެވޭނީ އަންނަނިވި ޝަރުތުތައް ފުރިހަމަ ވާ ފަރާތްތަކަށެވެ.