ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ރައީސް މިފަހަރު ރަށްރަށަށް ވަޑައިނުގަންނަވާނެ

ސަރުކާރު ހިންގާ ޕީއެންސީން ރޭ މާލޭގައި ބޭއްވި ތަރާވީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިންތިހާބަކާ ދިމާކޮށް ރައްޔިތުން ކައިރިއަށް ދާން ބޭނުންފުޅުނުވާ ކަމަށެވެ.

ޕީއެންސީން ބޭއްވި ތަރާވީހުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ޕީއެންސީ

އަތޮޅު ތެރޭގައި ތިބި ރައްޔިތުންނާ ބައްދަލުކުރުމަށް ރާއްޖޭގެ ހުރިހާ ރަށަކަށް މިދިޔަ އަހަރު ތެރޭގައި ވަޑައިގެންފައިވާ ކަމަށާއި، ވޯޓު ހޯދުމުގެ ބޭނުމުގައި އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި ރަށްރަށަށް ދަތުރުކުރެއްވުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕީއެންސީން ރޭ މާލޭގައި ބޭއްވި ތަރާވީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިންތިހާބަކާ ދިމާކޮށް ރައްޔިތުން ކައިރިއަށް ދާން ބޭނުންފުޅުނުވާ ކަމަށެވެ.

"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑު ގަސްތެއް ނުކުރަން ރަށްރަށަށް ދާކަށް. އަޅުގަނޑު ގަސްތެއް ނުކުރަން. އެހެންނެއް ނޫން، ސަރުކާރު ހިންގާ ވަރަށް ބޮޑު މަޝްރޫއެއް ނިމި، އެ މަޝްރޫއުގެ ނިންމުން ފާހަގަކުރަން ރައްޔިތުން އެދިވަޑައިގެންފިއްޔާ އެ ރަށަކަށް އަޅުގަނޑު ނުދާނެ ވާހަކައެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ. 

ރައީސް ވިދާޅުވި ގޮތުގައި، އިންތިހާބެއްގެ ކެމްޕޭނުގައި ރަށްރަށަށް ރައީސަކު ވަޑައިނުގަތުމަކީ ކުރިން ރާއްޖޭގައި ހިނގި ކަމެއް ނޫނެވެ.

ރައީސް ވަނީ ވެރިކަމާ ހަވާލުވެ ވަޑައިގަތްތާ ދެ އަހަރު ވުމުގެ ކުރިން، ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ. މިކަން ރައީސް ވަނީ މިދިޔަ އަހަރު އޮކްޓޫބަރު 28 ވަނަ ދުވަހު ކ. ތުލުސްދުއަށް ކުރެއްވި ދަތުރުފުޅުގައި ފާހަގަކުރައްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.