މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.

ފުލުހުން ބުނީ ހެނދުނު 9:45 ހާއިރު އެ ޕިކަޕު ފުރުޅާލާފައި ވަނީ ކުނި ބަރުކޮށްގެން މާލެ އިން ހުޅުމާލެއަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.
ޕިކަޕު ފުރުޅާލާފައި ވަނީ އޭތީގެ ފުރޮޅެއް ފަޅައިގެން ގޮސް، އަޅާލައި ފެންސްގައި ޖެހުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު ޕިކަޕު އޮތީ ބްރިޖު މަތީ ހުރަހަށެވެ. އޭގައި ހުރި ކުނިތައްވެސް ބްރިޖު މައްޗަށް ވެއްޓިފައި ހުއްޓެވެ. ހާދިސާ ހިނގުމާއެކު ވަގުތުން ޓްރެފިކް ފުލުހުން އެޓެންޑްވަމުން ދިޔަ މަންޒަރުވެސް ފެނެ އެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.