މިދިޔަ އަހަރުގެ ފަހު ކުއާޓާ | ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަގުތަކަށް ބަދަލުތަކެއް

ޕީޕީއައި ދައްކާ ގޮތުން ރާއްޖޭގެ މައިގަނޑު ސިނާއަތްތައް ވަނީ ރަނގަޅުވެފަ އެވެ. އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ޓޫރިޒަމް ސިނާއަތަށެވެ.

ސަރުކާރުގެ މައި ކުންފުނި އެމްޓީސީސީއިން މަސައްކަތެއް ކުރަނީ -- އެމްޓީސީސީ

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަގުތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ދައްކައިފި އެވެ.  

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާއްމުކުރި މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ރާއްޖޭގެ އެކި ސިނާއަތްތަކުން މުދަލާއި ހިދުމަތް އުފައްދާ އަގުތަކަށް ނުވަތަ ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސް (ޕީޕީއައި) އަށް ބަދަލު ތަކެއް ވަނީ އައިސްފަ އެވެ.

ޕީޕީއައި ހިސާބުކުރާ ގޮތް - ޕީޕީއައި އަކީ އަބަދުވެސް ވަކި އަހަރަކާ އަޅާބަލައިގެން އަގުތައް ހުރި މިންވަރު ދައްކައިދޭ މިންގަނޑެކެވެ. މިސާލަކަށް، މިހާރު ރާއްޖޭގައި ބޭނުންކުރަނީ 2019 ވަނަ އަހަރު ބޭސް އިޔާ އެއްގެ ގޮތުގަ އެވެ. އެއީ އިންޑެކްސްގެ 100 ކަމަށް ބަލައިގެންނެވެ. ޕީޕީއައި ހިސާބު ކުރަން ބޭނުން ކުރަނީ ބާސްކެޓް އޮފް ގުޑްސް އެންޑް ސާވިސަސް އިގްތިސާދުގައި ހިމެނޭ އެންމެ މުހިންމު ސިނާއަތްތައް ހޮވައި އެ ދާއިރާތަކުން ޕީޕީއައި މިންކުރާނެ މުދަލާއި ހިދުމަތްތައް ކަނޑައަޅަ އެވެ. ރާއްޖޭގެ ޕީޕީއައިގައި ހިމެނޭ މައިގަނޑު ދާއިރާތަކަކީ ފަތުރުވެރިކަން (ރިސޯޓްތަކުގެ ރޫމް ރޭޓް) އާއި އިމާރާތްކުރުން އަދި ޔުޓިލިޓީ (ކަރަންޓާއި، ފެނާއި، ކުނި މެނޭޖްކުރުން) ގެ އިތުރުން މުއާސަލާތު (އިންޓަނެޓާއި ފޯނުގެ ހިދުމަތް) އަދި ތައުލީމީ ދާއިރާ ހިމެނެ އެވެ. 

މައިގަނޑު ދެ ދާއިރާއަށް އައިސްފައިވާ ބަދަލު

ރިސޯޓް ދާއިރާގެ ޕްރޮޑިއުސާ ޕްރައިސް އިންޑެކްސް - މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު ހަތަރުވަނަ ކުއާޓަރުގައި ރިސޯޓްތަކުގެ އަގުތައް ވަނީ 21.37% އިތުރުވެފައެވެ. މިއީ ފަތުރުވެރިކަމުގެ "ޕީކް ސީޒަން" ނުވަތަ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ދުވަސްވަރާ ދިމާވާތީ އައި ބަދަލެކެވެ. އަހަރުން އަހަރަށް ބަލާއިރު 2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ރިސޯޓްތަކުގެ އަގުތައް ވަނީ 1.94% މައްޗަށް ގޮސްފަ އެވެ.

އިމާރާތްކުރުމުގެ ދާއިރާގެ ޕްރޮޑިއުސާ ޕްރައިސް އިންޑެކްސް -
 މިދިޔަ އަހަރުގެ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު، ހަތަރުވަނަ ކުއާޓަރުގައި އިމާރާތްކުރުމުގެ އަގުތައް ވަނީ 0.17% އަށް ދަށަށް ގޮސްފަ އެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު އަގުތަކަށް އައި ވަރަށް ކުޑަ ބަދަލެކެވެ. އަދި އަހަރުން އަހަރަށް ބަލާއިރު 2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު، 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އިމާރާތްކުރުމުގެ ދާއިރާގެ އަގުތައް ވަނީ 0.25% މައްޗަށް ގޮސްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.