ސަރުކާރާ އިދިކީލަ ވިސްނުމުގެ ކައުންސިލްތަކުން މަޝްރޫއުތަކަށް ހުރަސްއަޅާ: ރައީސް

ބައެއް ރަށްރަށުގެ ކައުންސިލުތަކުން ސަރުކާރަށް އުނދަގޫ ކުރުމުގެ ބޭނުމުގައި ބިން ހަވާލުނުކޮށް، ދިގުދަންމަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި.

ޕީއެންސީން ބޭއްވި ތަރާވީހުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ޕީއެންސީ

ސަރުކާރާ އިދިކޮޅު ވިސްނުމުގެ ކައުންސިލްތަކުގެ ސަބަބުން، ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ސްޕީޑަށް ހުރަސްއެޅޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕީއެންސީން ރޭ މާލޭގައި ބޭއްވި ތަރާވީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލެ އެކޭ އެއްގޮތަށް ރަށްރަށުގައި ވެސް ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ.

ނަމަވެސް، މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި އެންމެ މުހިންމު ކަމަކީ އެކަމަށް ބޭނުންވާ ބިން ލިބުންކަމަށްވާއިރު، ބައެއް ރަށްރަށުގެ ކައުންސިލުތަކުން ސަރުކާރަށް އުނދަގޫ ކުރުމުގެ ބޭނުމުގައި ބިން ހަވާލުނުކޮށް، ދިގުދަންމަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

ޕީއެންސީން ބޭއްވި ތަރާވީހުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ޕީއެންސީ

"މިއަދު އަޅުގަނޑު ހިސާބުތައް ބަލާލިއިރު، 57 ރަށެއްގައި އަޅުގަނޑުމެން ފެށި މަސައްކަތްތައް ނުފެށިފައި އެބަހުރި ކައުންސިލްތަކުން، އަޅުގަނޑުމެންނާ ސިޔާސީ ގޮތުން އިދިކީލަ ވިސްނުމުގެ ކައުންސިލްތަކުން ހުއްޓުވާފައި އެކި އުޒުރުތައް ދައްކާފައި ބިން ހަވާލުނުކޮށްގެން. ބިން ހަވާލުކުރަނީ ކައުންސިލްތަކުން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ބައެއް ކައުންސިލްތަކުން ކުރިމަތިކުރުވާ މިފަދަ ހުރަސްތަކުގެ ސަބަބުން، މި ސަރުކާރުން ވި ވައުދުތައް ބާރު ސްޕީޑުގައި ގެންދިއުމަށް ވަނީ ހުރަސްއެޅިފަ އެވެ.

އެހެންކަމުން، އަންނަ އޭޕްރީލް 4 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކޮށްދިނުމަށް ރައީސް ރޭ ވެސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.