މި ބަދަލުތައް ގެނެސްފައި ވަނީ ހުޅުމީދޫގެ ގޮތުގައި އޮތް އެ ދެ ރަށް އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ކައުންސިލްތަކެއް އުފައްދަން ބޭނުންވާ ކަމަށް ސަރުކާރުން ނެގި ފެންނަ ނުފެންނަ ވޯޓުން ވަނީ ނިންމައިފައިވާތީ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިދާރީ ދާއިރާތަކުގެ އިހުތިސޯސަށް ބަދަލު ގެންނަވައި، އެ ބަދަލުތައް ރަސްމީކޮށް އިއުލާންކޮށްފި އެވެ.
މި ބަދަލުތައް ގެނެސްފައި ވަނީ ހުޅުމީދޫގެ ގޮތުގައި އޮތް އެ ދެ ރަށް އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ކައުންސިލްތަކެއް އުފައްދަން ބޭނުންވާ ކަމަށް ސަރުކާރުން ނެގި ފެންނަ ނުފެންނަ ވޯޓުން ވަނީ ނިންމައިފައިވާތީ އެވެ.
އައްޑޫ ސިޓީ، ހުޅުދޫ އަދި މީދޫގެ އިދާރީ ދާއިރާގެ އިހުތިސޯސަށް ގެންނެވި ބަދަލުތައް އެކަށައަޅުއްވައި، ރައީސް ވަނީ ތިން ގަރާރެއް ނެރުއްވާފަ އެވެ. އަދި އެ ދާއިރާތަކުގެ އިހުތިސޯސް ދައްކުވައިދޭ ޗާޓުތައް، އެ ގަރާރުތަކުގައި ހިމަނާފައިވެ އެވެ.
އެ ބަދަލާއެކު، "އައްޑޫ ސިޓީ" އަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ކަނޑައެޅުމަށް ނިންމައި، "އައްޑޫ ސިޓީ" ހިންގުމަށްޓަކައި، "އައްޑޫ ސިޓީ ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އުފެއްދުމަށް ރައީސް ވަނީ ކަނޑައަޅުއްވައިފަ އެވެ.
އަދި، "އައްޑޫ މީދޫ" ހިންގުމަށްޓަކައި، އައްޑުއަތޮޅު / ސ. އައްޑޫ މީދޫ ކައުންސިލް އުފެއްދުމަށާއި، "އައްޑޫ ހުޅުދޫ" ހިންގުމަށް ޓަކައި، އައްޑުއަތޮޅު/ ސ. އައްޑޫ ހުޅުދޫ ކައުންސިލް އުފެއްދުމަށް ވެސް ވަނީ ކަނޑައަޅުއްވައިފަ އެވެ.
ހުޅުދޫ އާއި މީދޫ ވަކިކުރާނީ ޒަމާނުއްސުރެ އެދެރަށް ވަކިކުރަމުންދާ ގޮތަށެވެ. އެގޮތުން ސ. އަތޮޅު މަދަރުސާގެ ދެކުނުން އޮތް އާބާދުމަގުގެ ދެކުނު ފަޅީގައި ދިރިއުޅެނީ ހުޅުދޫ ރައްޔިތުންނެވެ. އަދި އެ މަގުގެ އުތުރު ފަޅީގައި ދިރިއުޅެނީ މީދޫ ރައްޔިތުންނެވެ.