މާވިން އިސްލާމްވެއްޖެ، މިހާރު ނަމަކީ ޔޫސުފް

އެ އަޑުއެހުމުގައި މާވިން އިސްލާމް ދީން ގަބޫލުކޮށް، ނަން ބަދަލުކޮށްފައިވާ ކަމަށް ބަޔާންކޮށް އިސްލާމިކް މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާ ކަމަށް މައްސަލަ ބައްލަވާ ގާޒީ، މުޒައްމިލު ނާސިރު ވިދާޅުވެފައިވެ އެވެ.

މާވިން()މިހާރު ޔޫސުފް) މީގެ ކުރީގެ އަޑުއެހުމެއްގައި --

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސް މަރުވި މައްސަލައިގައި ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ، މާވިން އެސްވައި ވާގަސް ޖަލުގައި ހުރެގެން އިސްލާމް ވެއްޖެ އެވެ. 

މާވިން އިސްލާމްވެފައިވާކަން ހާމަވީ މޭރީގެ މަރުގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގަ އެވެ. 

އެ އަޑުއެހުމުގައި މާވިން އިސްލާމް ދީން ގަބޫލުކޮށް، ނަން ބަދަލުކޮށްފައިވާ ކަމަށް ބަޔާންކޮށް އިސްލާމިކް މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާ ކަމަށް މައްސަލަ ބައްލަވާ ގާޒީ، މުޒައްމިލު ނާސިރު ވިދާޅުވެފައިވެ އެވެ. އޭނާގެ ނަމަކީ މިހާރު ޔޫސުފް ކަންވެސް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

އޭނާ އިސްލާމްވެފައިވާތީ، މައްސަލަ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް އަންނާނެ އަދަބަށް ބަދަލު އަންނާނެތޯ ޝަރީއަތުން ވަނީ ސުވާލުކޮށްފަ އެވެ. ދައުލަތުން ބުނެފައި ވަނީ އެކަމާމެދު މަޝްވަރާ ކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ.

މޭރީގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައި ޔޫސުފްގެ އިތުރުން އޭނާގެ ލޯބިވެރިޔާ ކަމަށްވާ، އައިޖީއެމްއެޗްގެ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ލަމްހާގެ މައްޗަށެވެ.

މިއަދު ބޭއްވީ މި މައްސަލައިގައި ހުލާސާ ބަޔާން އިއްވާ އަޑުއެހުމެވެ. ނަމަވެސް ދިފާއުއަށް ބައެއް ލިޔެކިޔުންތައް ނުލިބޭތީ، އަންނަ މަހު ބަޔާން އިއްވާ ގޮތަށް ވަނީ ފަސްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.