ޕީސީބީން ބުނީ އެފްޑީސީގެ ޗެއާޕާސަންގެ މަގާޟުންނާއި ޑީރެކްޓަރުންގެ ބޯޑުން ނަޝްވާ މިއަދުން ފެށިގެން ވަކި ކޮށްފައިވާ ކަމަށެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ އެފްޑީސީގެ ޗެއާޕާސަންގެ މަގާޟުންނާއި ޑީރެކްޓަރުންގެ ބޯޑުން ނަޝްވާ މިއަދުން ފެށިގެން ވަކި ކޮށްފައިވާ ކަމަށެވެ.
އޭނާ ވަކި ކުރި ސަބަބެއް ޕީސީބީން ނުބުނެ އެވެ.
ނަޝްވާ އެ މަގާމަށް އައްޔަން ކޮށްފައި ވަނީ ޖެނުއަރީ 8، 2024 ގަ އެވެ. އޭނާއަކީ ކުރިން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރެއްގެ މަގާމް ވެސް އަދާ ކޮށްފަ އެވެ.