އެމްއޭސީއެލްއިން އާއްމުކުރި މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމައަށް ބަލާއިރު، މިހާތަނަށް ޖުމްލަ 15 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ.

މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން 15 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިފި އެވެ.
އެމްއޭސީއެލްއިން އާއްމުކުރި މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމައަށް ބަލާއިރު، މިހާތަނަށް ޖުމްލަ 15 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ. މިއީ މި ފިޔަވަހީގައި ހިއްކުމަށް ކަނޑައަޅާފައިވާ 97.15 ހެކްޓަރުގެ ބިމުގެ 15.44 އިންސައްތައެވެ.
މަސައްކަތް އަވަސްކުރުމަށް ދެ ޑްރެޖަރު ދަނީ ބޭނުން ކުރަމުންނެވެ. އެއީ ކުއީން އޮފް ނެދަލޭންޑްސް އާއި އޮރޭންޖް ޑްރެޖަރެވެ. މިގޮތުން ކުއީން އޮފް ނެދެލޭންޑްސްއަކީ 35,500 ކިއުބިކް މީޓަރުގެ ވެލި އުފުލުމުގެ ގާބިލުކަން ހުރި ބިޔަ ޑްރެޖަރެކެވެ.
އޮރޭންޖްއަކީ 22,000 ކިއުބިކް މީޓަރުގެ ހޮޕަރ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ.
ގިރާވަރުފަޅުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ކުރީގެ 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށެވެ. ނަމަވެސް، ފަޅުގެ ލޭންޑް ޔޫސް ޕްލޭަނަށް ގެނައި ބަދަލުތަކާއެކު ބައެއް ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމުގެ ފުރުސަތުވެސް ސަރުކާރުން ވަނީ ހުޅުވާލާފައެވެ. މިތަނުން 1,250 އަކަފޫޓުން ފެށިގެން 4,000 އަކަފޫޓާ ދެމެދުގެ ގޯތިދޭނެ އެވެ.