ގައުމީ ބޭންކުން ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް | ހިއްސާދާރުންނަށް ރެކޯޑު ފައިދާއެއް

ބީއެމްއެލްއިން ވަނީ ހިއްސާއަކަށް 60 ރުފިޔާ ބެހަން އޭޖީއެމްއަށް ހުށަހަޅަން ނިންމުމުގެ އިތުރުން ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމަށް ހުށަހަޅަން ވެސް ނިންމާފަ އެވެ.

ގައުމީ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑް : މި އަހަރު އެ ކުންފުނިން ވަނީ ރެކޯޑް ފައިދާއެއް ބަހަން ނިންމާފަ

މުޅިރާއްޖެ އަށް އޭޓީއެމްގެ ވިއުގަ ފަތުރާލީ ގައުމީ ބޭންކް އިންނެވެ. އަދި ރާއްޖޭގެ އިޖުތިމާއީ ބަލިތަކުގެ އަސްލު ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދޭން ގައުމީ ބޮޑު މަޝްރޫއެއް ފަށަން އެހީވަނީ ވެސް މި ބޭންކުންނެވެ. މިހުރިހާ ކަންތައްތަކެއްކޮށް ދިނުމަށްފަހު ދިވެހި ގައުމީ ބޭންކް، ބީއެމްއެލް އިން މި މިވަނީ ހިއްސާދާރުންނަށް މިދިޔަ އަހަރުގެ ފައިދާއިން އެ ކުންފުނީގެ ތާރީހުގައިދޭ އެންމެ ބޮޑު ފައިދާ ބަހަން ނިންމާފަ އެވެ. 

ހިއްސާގެ ފައިދާގެ ގޮތުގައި މިހާތަނަށް ދެވޭ އެންމެ ބޮޑު ފައިދާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުމާ ބެހޭ ގޮތުން ބީއެމްއެލްއިން ބުނީ 2025 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު މާލީ ކުރިއެރުމާއިއެކު ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ހުށަހަޅަން އެ ކުންފުނީގެ ނިންމައިފި އެވެ.

މި ނިންމުމާއެކު، ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 322,915,200 ރުފިޔާ ހިއްސާދާރުންނަށް ބެހުމަށް ހުށަޅާނެ އެވެ. ހިއްސާގެ ފައިދާ ގޮތުގައި ބަހާނެ އަދަދު ފާސްކުރާނީ އަހަރީ އާންމު ޖަލްސާގައެވެ. މީގެ އިތުރުން މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމަށްވެސް ބޯޑުން ވަނީ ހުށަހަޅާފަ އެވެ.

ބީއެމްއެލްގެ އެމްޑީ ޝަރީފު ވާހަކަ ދައްކަަވަނީ -- ބީއެމްއެލް

ބީއެމްއެލް އިން ބުނީ މިގޮތަށް ބޯނަސް ހިއްސާ ދޫކުރުމަށްފަހު، 50 ރުފިޔާގެ މޫނު މަތީ ހިއްސާގެ ބުކް ވެލިއު އަކަށް ވާނީ 1015.90 ރުފިޔާ އެވެ. އެހެންކަމުން މި އަހަރު ކޮންމެ ހިއްސާއަކަށް މިދެވެނީ ޖުމްލަ 2091.80 ރުފިޔާގެ ނަފާ އެކެވެ.

"ބޯނަސް ހިއްސާ ދޫކުރުމަށް ހުށަހަޅާ މައިގަނޑު ސަބަބަކީ ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން އިތުރުކޮށް ހިއްސާދާރުންނަށް ލިބޭ ނަފާ އިތުރު ކުރުމާއި، ރާއްޖޭގެ ހިއްސާގެ ބާޒާރު އިތުރަށް ފުޅާކުރުމަށް އެހީތެރިވުމެވެ. މިގޮތަށް ހުށަހަޅާފައިވާ ހިއްސާގެ ފައިދާ ލިބޭނީ "ބުކް ކްލޯޝަ ޑޭޓް" ނުވަތަ ހިއްސާދާރުންގެ ދަފުތަރު ބަންދުކުރާ ތާރީހާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށެވެ،" ބީއެމްއެލް އިން ބުނެފައިވެ އެވެ. 

ހިއްސާދާރުންނަށް ދޭން ހުށަހަޅާ ފައިދާ

  •  ހިއްސާއަކަށް 60 ރުފިޔާ
  •  ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ
  •  މި އަހަރު ކޮންމެ ހިއްސާދާރަކަށް 2091.80 ރުފިޔާގެ ނަފާ

ދިވެހި ގައުމީ ބޭންކްއަކީ ދިވެހި ސަރުކާރު 50.80% ހިއްސާ އާއި ސަރުކާރު ހިއްސާވާ ކުންފުނިތައް 11.47% އަދި 
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް 4.12% ގެ އިތުރުން އާންމު ހިއްސާދާރުންގެ 33.61% ގެ މައްޗަށް އެކުލެވިގެންވާ ބޭންކް އެކެވެ. ބީއެމްއެލްއިން މިދިޔަ ދެ އަހަރު ވަނީ އާއްމުންނަށް ގުޅުންހުރި ކަންކަމުގައި މިހާތަނަށް ބޭންކް ހަރަކާތްތެރި ނުވާ ވަރަށް އުޅެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.