ވެމްކޯއިން އިތުރަށް ބުނީ މުވައްޒަފުގެ ބޭސްފަރުވާގެ ހުރިހާ ކަމެއްވެސް ކުރަނީ އެކުންފުނިން ކަމަށެވެ.

ވެމްކޯގެ ސައިޓެއްގައި ހުރި ކޮންޓެއިނަރަކަށް ވެއްޓި އަނިޔާވި މުވައްޒަފުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިދިޔަ އާދީއްތަ ދުވަހު ވެމްކޯގެ މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގައި ކޮންޓެއިނަރެއްގެ ތެރެއަށް މީހަކު ވެއްޓިފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް އާންމުވެފައިވެ އެވެ.
އެ ހާދިސާގެ އަޕްޑޭޓެއް ދެމުން ވެމްކޯއިން މިއަދު ބުނީ އަނިޔާވި މުވައްޒަފު ރޭ 21:30 ހާއިރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ. އަދި މިވަގުތު ފަރުވާ ދެމުން ދަނީ ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) ގައި ކަމަށާއި، މުވައްޒަފުގެ ހާލތު ރަނގަޅުވަމުންދާ ކަމަށް ބުންޏެވެ.
"މުވައްޒަފަށް ބޭނުންވާ ހުރިހާ ކަމެއް އާއިލާ އާ ގުޅިގެން ކުންފުނިން ދަނީ ކުރަމުން، އެޗްއާރް އަދި ވެލްފެއާ ޑިޕާޓްމެންޓްގެ މުވައްޒަފެއް އަބަދުވެސް އާއިލާއާއެކު ހޮސްޕިޓަލުގައި 24 ގަޑިއިރު ހަރަކާތްތެރިވަމުން ދާނެ،" ވެމްކޯއިން ބުންޏެވެ.
ވެމްކޯއިން އިތުރަށް ބުނީ މުވައްޒަފުގެ ބޭސްފަރުވާގެ ހުރިހާ ކަމެއްވެސް ކުރަނީ އެކުންފުނިން ކަމަށެވެ.
ނަމަވެސް އެމީހާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ.