ޓޫރިޒަމް މިނިސްޓްރީން ޓޫރިޒަމް ހިދުމަތްދޭ ތަންތަނަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ރަމަޟާން މަހާ ދިމާކޮށް، ރާއްޖެ އަންނަ ފަތުރުވެރިން ދިވެހި ސަގާފަތާއި އިސްލާމީ އުސޫލުތަކަށް އިހުތިރާމްކުރުމަށް ހޭލުންތެރިކުރުވުމަކީ މުހިންމު ކަމެއް ކަމަށެވެ.
ރަމަޟާން މަހާ ދިމާކޮށް، ރާއްޖެ އަންނަ ފަތުރުވެރިން ދިވެހި ސަގާފަތާއި އިސްލާމީ އުސޫލުތަކަށް އިހުތިރާމްކުރުމުގެ ގޮތުން އާންމު ތަންތަނުގައި ކައިބޮއި ހެދުމުން ދުރުހެލިވުމަށް ބާރުއެޅުމަށް ޓޫރިޒަމް މިނިސްޓްރީން އެދިއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ޓޫރިޒަމް ހިދުމަތްދޭ ތަންތަނަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ރަމަޟާން މަހާ ދިމާކޮށް، ރާއްޖެ އަންނަ ފަތުރުވެރިން ދިވެހި ސަގާފަތާއި އިސްލާމީ އުސޫލުތަކަށް އިހުތިރާމްކުރުމަށް ހޭލުންތެރިކުރުވުމަކީ މުހިންމު ކަމެއް ކަމަށެވެ. ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ހޮޓާތަކުން، އިރުއޮއްސުމާ ހަމައަށް އާންމު ތަންތަނުގައި ކެއުމާއި ބުއިން އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުން ފަތުރުވެރިން ދުރުހެލިވުމަށް އިރުޝާދު ދިނުމަށް އެދިފައިވެ އެވެ.
އެ މިނިސްޓްރީން ވަނީ ރޯދަ މަހު ވެސް ފަތުރުވެރިންނަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް އެދިފަ އެވެ. ރޯދަމަހު މާލެއާއި މީހުން ދިރިއުޅޭ ރަށްރަށުގެ ގިނަ ރެސްޓޯރަންޓްތައް ދުވާލު ގަޑީގައި ބަންދުވާނެތީ، ފަތުރުވެރިންނަށް ބޭނުންވާ ކެއިންބުއިމުގެ އިންތިޒާމުތައް އެ ފަރާތްތައް ތިބޭ މަންޒިލްތަކުން ފުރިހަމަ އަށް ހަމަޖައްސައިދިނުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.
ފެނާއި ބުއިން - ފަތުރުވެރިންގެ ހަށިގަނޑުން ފެންމަދުވިޔަ ނުދިނުމަށްޓަކައި ބޭނުންވާ ބުއިންތައް ފަސޭހައިން ލިބޭނެ ގޮތް ހެދުން.
ދަތުރުފަތުރު - ފެރީއާއި އެހެނިހެން ދަތުރުފަތުރުގެ ވަގުތުތަކުގައި ފަތުރުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
ހޭލުންތެރިކުރުން - ރިސޯޓްތަކާއި، ސަފާރީތަކާއި، ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ރާއްޖޭގެ އާދަކާދަތަކަށް އިހުތިރާމްކުރުމަށް އިރުޝާދު ދިނުން.