"ވައި ނުސާފުވުމުގެ މައްސަލައަށް ދާއިމީ ހައްލު ހޯދަން ދަނީ މަސައްކަތް ކުރަމުން"

"ރާއްޖޭގެ ވައިގެ ފެންވަރު ރަނގަޅު ކުރުމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ބޭރު ގައުމުތަކާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން،" ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖެއަށް މިދުވަސްވަރަކީ ވަރަށް ބޮޑަށް ވައި ނުސާފު ވެފައިވާ ދުވަސްވަރެއް --

ރާއްޖެއަށް ވައި ނުސާފުވާ މިންވަރު އިތުރުވެފައިވާއިރު، އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކަށް ދިވެހި ސަރުކާރުން ހާއްސަ އިސްކަމެއް ދެމުން އަންނަ ކަމަށެވެ.

އެގޮތުން މި ދުވަސްވަރު ރާއްޖެއަށް ކުރިމަތިވެފައިވާ ދުންފުހުގެ ހާލަތަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށާއި، ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވުމުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށާއި އިގުތިސޯދާއި ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުން އެކަށީގެންވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ރާއްޖޭގެ ވައިގެ ފެންވަރު ރަނގަޅު ކުރުމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ބޭރު ގައުމުތަކާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން،" ފޮރިން މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި މިނިސްޓްރީން ފާހަގަކުރީ، ސައިންޓިފިކް ދިރާސާތައް ކުރުމާއި، މައުލޫމާތު ބަދަލުކުރުން އަދި ސަރަހައްދީ ގައުމުތަކާއެކު މަޝްވަރާކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތެވެ.

މިނިސްޓްރީން ބުނީ ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށް ވުމާއެކު، ތިމާވެށި ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ސަރުކާރުން އަބަދުވެސް އެންމެ މަތީ އިސްކަމެއް ދޭނެ ކަމަށެވެ.

ރާއްޖެއަށް މިދުވަސްވަރަކީ ވަރަށް ބޮޑަށް ވައި ނުސާފު ވެފައިވާ ދުވަސްވަރެކެވެ. ބައެއް ފަހަރު ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރުމުން ވެސް މިހެން ދިމާވެ އެވެ.

މޫސުމާ ބެހޭ ރިޕޯޓުތަކުގައި ދުރު ފެންނަ މިންވަރު މިދުވަސްވަރު ވަނީ ތިން ކިލޯމީޓަރަށްވުރެ ދަށްވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.