ކުރިން 12ރ. އަށް ލިބުނު ފިޔާ ކިލޯ މިހާރު 10ރ. އަށް އަދި 14ރ. އަށް ލިބުނު އަލުވި ކިލޯ 12ރ. އަށް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން މިއަދު ބުނީ ކުރިން 12ރ. އަށް ލިބެމުން އައި ފިޔާ ކިލޯއެއް މިހާރު 10ރ. އަށް ހެޔޮ ކޮށްފައިވާ ކަމަށެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު 250ރ. އިން 160ރ. އަށް ހެޔޮ ކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ކުރިން 14ރ. އަށް ލިބުނު އަލުވި ކިލޯއެއް މިހާރު 12ރ. އަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އަލުވި ބަސްތާގެ އަގު ވެސް ވަނީ 300ރ. އިން 160ރ. އަށް ހެޔޮ ކޮށްފައި ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން އެތެރެ ކުރާ އަސާސީ ކާބޯތަކެތީގެ ބާވަތް ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރަތަކުންނެވެ. އެތަކެތި ގަނޑުކޮށް ގަންނަން ލިބޭނީ އެ ކުންފުނީގެ ހޯލްސޭލް ސެންޓަރުތަކުންނެވެ.