ހެލްތް މިނިސްޓްރީން މި މަސައްކަތް ހަވާލުކުރީ 56 އެމްބިއުލަންސް ގެންނަން އެމްޕީއެލްއާ ހަވާލުކުރީ 2025 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެމްބިއުލަންސު ގެ ޚިދު މަތް ދެމެހެއްޓެނިވި ގޮތު ގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ރާއްޖެ ގެނައި 56 އެމްބިއުލަންސް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ރަށްތަކަށް ފޯރުކޮށްދީފި އެވެ.
މިނިސްޓްރީ އޮފް ހެލްތުން ހިންގާ މި ޕްރޮގްރާމްގެ ދަށުން ކޮންޓްރެކްޓަރ ފައިނޭންސިން އުސޫލުން ރާއްޖެ އަށް 56 އެމްބިއުލަންސް ގެންނަން އެމްޕީއެލްއާ ހަވާލުކުރީ 2025 ވަނަ އަހަރުގެ ތެރޭގަ އެވެ.
އެމްޕީއެލް އިން ގެނައި 56 އެމްބިއުލަންސްގެ ތެރެއިން، އެއް އެ މްބި އުލަންސް ދީފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށެވެ. ބާކީ 55 އެމްބި އުލަންސް ފޯރުކޮށްދީފައިވަނީ ރާއްޖޭގެ އުތުރާ އި ދެކުނުގެ އެކި ރަށްތަކަށެވެ.

އެމްބިއުލަންސްތައް ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޕީއެލް އިން ފެށީ 17 ޖަނަވަރީ 2026ގަ އެވެ. މި މަސައްކަތް އެމްޕީއެލް އިން ފުރިހަމަކުރީ 14 ފެބްރުވަރީ 2026ގަ އެވެ.
އެމްބިއުލަންސްތައް ހަވާލުކުރުމުގެ އިތުރުން އެ ތަކެތި ދުއްވުމާއި މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ ފަންނީ މަޢުލޫމާތު އެމްޕީއެލް ގެ މެކޭނިކަލް ޓީމުން ވަނީ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންނަށް ފޯރުކޮށްދީފަ އެވެ. އަދި މިހާރު ބޭނުންކުރަމުންދާ ބައެއް އެމްބިއުލަންސްތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށް ވަނީ އެހީތެރިވެފަ އެވެ.
ކުރިއަށް އޮތް ތަނުގައި ހެލްތު މިނިސްޓްރީއާއެކު ސާވިސް ކޮންޓްރެކްޓެއް ހަދައި އެމްބިއުލަންސްތައް ސާވިސްކުރުމާއި ބޭނުންވާ ސްޕެއާ ޕާޓްސް ފޯރުކޮށްދިނުން އެމްޕީއެލްއިން މަސައްކަތްކުރުމަށް ދަނީ މަޝްވަރާކުރަމުންނެވެ.