ވަކިވަކި މާއްދާތަކަށް ނަގާ ފީގެ އިތުރުން އިދާރީ ގޮތުން ކޮންމެ ކެނޑިޑޭޓަކު 3000ރ. ގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.

މޭ / ޖޫންގައި އަމިއްލަ ގޮތުން އޭލެވެލް އިމްތިހާނު ހަދަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނީ އޭލެވްލް އިމްތިހާނު ހަދަން ބޭނުންވާ ކެނޑިޑޭޓުންނަށް އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން، އަންނަ މާޗް މަހުގެ 12 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
ޑީޕީއީ އިން ވަނީ އިމްތިހާނު ހަދާ މާއްދާތަކަށް ދައްކަން ޖެހޭ އަގުވެސް ހާމަކޮށްފަ އެވެ. އެގޮތުން، ވަކިވަކި މާއްދާތަކަށް ނަގާ ފީގެ އިތުރުން އިދާރީ ގޮތުން ކޮންމެ ކެނޑިޑޭޓަކު 3000ރ. ގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.
މިއީ ރާއްޖޭގައި މޭ / ޖޫންގައި އަމިއްލަ ގޮތުން އޭލެވެލް އިމްތިހާނު ހަދަން ހުޅުވައިފި ފުރަތަމަ ފަހަރެވެ. އެގޮތުން 2020 ވަނަ އަހަރު ގެނަިއ ބަދަލާއެކު އަމިއްލަ ގޮތުން މޭ / ޖޫންގައި އިމްތިހާނު ހަދަން ބޭނުންވި ދަރިވަރުން އިމްތިހާނު ހެދީ ލަންކާއަށް ގޮސްގެންނެވެ.
ރާއްޖޭގައި އޭލެވެލް އެޑެކްސެލްގެ މޭ / ޖޫން އިމްތިހާނު ދިނުން ހުއްޓާލާފައިވަނީ 2019 ވަނަ އަހަރު އެވެ. ކޮވިޑް ދުވަސްވަރު ދިރާސީ އާ އަހަރަށް ގެނައި ބޮޑެތި ބަދަލުތަކާއެކު 2020 ވަނަ އަހަރުން ފެށިގެން އެ އިމްތިހާނު ހަދަނީ އޮންޓޯބަރު / ނޮވެމްބަރު ގައެވެ.
މޭ / ޖޫންގައި އެ އިމްތިހާނު ނުބާއްވާތީ ގިނަ ޝަކުވާތަކެއް ލިބެމުންދާތީ އަމިއްލަ ގޮތުން އިމްތިހާނު ހެދޭ ގޮތަށް ނިންމާފައި ވަނީ މިމަހުގެ ދެވަނަ ދުވަހު އެވެ.