ފުވައްމުލަކު ޑްރަގް ނެޓްވޯކެއްގެ ބޮޑެއް 75 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

އެ މައްސަލާގައި އިއްޔެ ހުކުމް ކޮށްފައި ވަނީ ފުވައްމުލައް ސިޓީ، ދޫޑިގަން، ގަސްދޮށުގެ، އަބްދުލްބާސިތު (28އ) ގެ މައްޗަށެވެ.

75 އަހަރަށް ޖަލަށްލާން ހުކުމް ކުރި މީހާ

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވި މީހަކު ތިން ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް 75 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

އެ މައްސަލާގައި އިއްޔެ ހުކުމް ކޮށްފައި ވަނީ ފުވައްމުލައް ސިޓީ، ދޫޑިގަން، ގަސްދޮށުގެ، އަބްދުލްބާސިތު (28އ) ގެ މައްޗަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ އަބްދުލްބާސިތު ހައްޔަރު ކޮށްފައި ވަނީ ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަރކުރާ ނެޓްވޯކްތަކާ ދެކޮޅަށް 2024 ވަނަ އަހަރު ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާ އިން މަނީލޯންޑާކުރާ ކަމުގެ ތުހުމަތުކުރެވޭ ދެ ނެޓްވޯކްގެ އިސްފަރާތްތަކާ މެދު ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށާއި އަބްދުލްބާސިތުގެ ނަމުގައި ހުޅުވާފައި ހުރި ބޭންކް އެކައުންޓުތަކުގައި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި 19،000 އަށް ވުރެ ގިނަ ޑޮލަރުގެ މުއާމަލާތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންގެ ތެރެއިން ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ނެޓްވޯކްގެ އިސްފަރާތްތައް ހިމެނޭހެން 174 މީހުން އެކި ދުވަސްމަތިން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ މައްޗަށް 188 މައްސަލަ ތަހުގީގުކޮށް 78 މައްސަލަ ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.