ޖެނުއަރީ މަހު ޓޫރިޒަމް އޮކިއުޕެންސީ އާއި ޓޫރިސްޓުން ތިބި މުއްދަތު ދަށް

ޖެނުއަރީ މަހު ޓޫރިޒަމް އޮކިއުޕެންސީ ހުރީ 70 ޕަސެންޓުގަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 3.4 ޕަސެންޓުގެ ދަށްވުމެކެވެ. އަދި އެވްރެޖު ސްޓޭ ވަނީ 1.9 ދުވަސް މަދުވެފަ އެވެ.

ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އާއިލާއެއްގައި ހިމެނޭ ކުއްޖެއް ވީއައިއޭގައި -- އެމްއޭސީއެލް

މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިޒަމް ޒިޔާރަތްކޮށް، ޓޫރިޒަމް ރެކޯޑު ހެދިޔަސް ޓޫރިޒަމް ސިނާއަތުގެ އޮކިއުޕެންސީ އާއި ޓޫރިސްޓުން ރާއްޖޭގައި މަޑުކުރި މުއްދަތު ދަށްވެއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ މިދިޔަ މަހުގެ ރިޕޯޓް ދައްކާ ގޮތުން މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް ޖުމްލަ 216,265 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި މިދިޔަ މަހު ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތްދޭން 66,906 ބެޑް އޮޕަރޭޝަންގައި ހުރި ކަމަށް ދައްކަ އެވެ. 

މިދިޔަ މަހު ޓޫރިސްޓުންނަށް ހިދުމަތްދޭން ހުރި ތަންތަނުގެ ޖުމްލަ އޮކިއުޕެންސީ ނުވަތަ އެނދުތައް ފުރޭ މިންވަރު ހުރީ 70.7 ޕަސެންޓުގަ އެވެ. މިއީ މިދިޔަ އަހަރު ޓޫރިޒަމް އޮކިއުޕެންސީ ހުރީ 73.2 ޕަސެންޓާ އަޅާބަލާއިރު ގާތްގަނޑަކަށް 3.4 ޕަސެންޓުގެ ދަށްވުމެކެވެ. އަދި މިދިޔަ މަހު ޓޫރިސްޓުން ރާއްޖޭގައި މަޑުކުރި މުއްދަތުވެސް ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރު ރާއްޖޭގައި ޓޫރިސްޓުން އެވްރެޖުކޮށް 7.0 ދުވަހު މަޑުކުރި ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު މި އަދަދު ވަނީ 6.9 ދުވަހަށް ދަށްވެފަ އެވެ. މިއީ 1.9 ދުވަހުގެ ދަށްވުމެކެވެ. 

އޮކިއުޕެންސީ އާއި އެވްރެޖު ސްޓޭ ދަށްވިނަމަވެސް ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު ޖެނުއަރީ މަހު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރި މަހު ޓޫރިސްޓުން ރާއްޖޭގައި މަޑުކޮށްފައިވަނީ 1,386,916 މިލިއަން ރެ އެވެ.  ނަމަވެސް މި އަހަރު މި އަދަދު ވަނީ 1,467,156 މިލިއަން ރެއަށް އިތުރުވެފަ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޓޫރިޒަމަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ. އަންދާޒާ ކުރެވޭ ގޮތުގައި ޖެނުއަރީ މަހު ރާއްޖޭގެ ޓޫރިޒަމަށް 880 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާނެ އެވެ. 

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މި އަހަރު ރާއްޖޭގެ ޓޫރިޒަމް ފެންނަނީ މިދިޔަ އަހަރަށްވުރެ ފެށުން ރަނގަޅުކޮށެވެ. މިމަހުގެ މިހާތަނަށް ބަލާއިރު ރާއްޖެއަށް 435,823 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.