ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯއެއްގައި، ވެމްކޯގެ ސައިޓެއްގައި ހުރި ކޮންޓެއިނަރެއްގެ ތެރެއަށް މީހަކު ވެއްޓިފައިވާ މަންޒަރު ފެނެ އެވެ. މިދިޔަ އާދީއްތަ ދުވަހު ހިނގި އެ ހާދިސާ ސިއްރު ކުރަން އެ ކުންފުނިން މަސައްކަތް ކުރަމުންދާކަމަށް ވެސް

ވެމްކޯގެ ސައިޓެއްގައި ހިނގި ހާދިސާއެއްގައި އެ ކުންފުނީގެ މުވައްޒަފަކަށް ވަރަށް ބޮޑަށް އަނިޔާވެ، ފަރުވާދެމުންދާކަމަށް ފުލުހުން ބުނެފި އެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯއެއްގައި، ވެމްކޯގެ ސައިޓެއްގައި ހުރި ކޮންޓެއިނަރެއްގެ ތެރެއަށް މީހަކު ވެއްޓިފައިވާ މަންޒަރު ފެނެ އެވެ.
މިދިޔަ އާދީއްތަ ދުވަހު ހިނގި އެ ހާދިސާ ސިއްރު ކުރަން އެ ކުންފުނިން މަސައްކަތް ކުރަމުންދާކަމަށް ވެސް އެ ޕޯސްޓުގައި ތުހުމަތުކޮށްފައިވެ އެވެ.
ފުލުހުން ރޭ ބުނީ، މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް، އެ ހާދިސާ އާ ގުޅޭ އިތުރު ތަފްސީލެއް އަދި އެ މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.
މިކަމާ ގުޅިގެން ވެމްކޯއިން ވެސް އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.