ރީ-ރަޖިސްޓްރީ ކުރި މީހުން މަދުކަމުން ރާއްޖޭން ބޭރާއި ސިނާއީ ރަށްތަކުގައި ވޯޓު ފޮށި ނުބަހައްޓާނެ

ވޯޓު ފޮށި ނުބަހައްޓަން ނިންމި ތަންތަނަށް ރީ-ރަޖިސްޓްރީ ވި މީހުންނަށް، އެހެން ތަނަކަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 1:30 އާ ހަމައަށް ހުޅުވާލައިފަ އެވެ.

އިންތިހާބެއް ގައި މީހަކު ވޯޓު ލަނީ --

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމިޓީތަކުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާމެދު އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، އެކަށީގެންވާ އަދަދަށް ރީ-ރަޖިސްޓްރީކޮށްފައިވާނުވާތީ، ރާއްޖޭން ބޭރާއި ސިނާއީ ރަށްތަކުގައި ވޯޓު ފޮށި ނުބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ. 

އީސީން އާންމުކުރި މައުލޫމާތުން ދައްކާ ގޮތުގައި، އޭޕްރީލް 4 ގައި ބާއްވާ ވޯޓަށް، ރީ-ރަޖިސްޓްރީ ކުރީ 26،454 މީހުންނެވެ.

މިގޮތުން، ރާއްޖޭން ބޭރުގައި، މެލޭޝިޔާގައި 499 މީހުން އަދި ސްރީ ލަންކާގައި 189 މީހުން ވޯޓުލާން ރީ-ރަޖިސްޓްރީކޮށްފައިވެ އެވެ. 

ނަމަވެސް، ރާއްޖޭން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ އެ ގައުމަކަށް ވޯޓުލާން މަދުވެގެން 2،000 މީހުން ރަޖިސްޓްރީކޮށް، އެއް ދާއިރާއަކުން 40 މީހުން ރަޖިސްޓްރީވެއްޖެ ނަމަ އެވެ. 

އެހެންކަމުން، މިފަހަރު ރާއްޖޭން ބޭރުގައި އެއްވެސް ވޯޓު ފޮއްޓެއް ނުބަހައްޓަން އީސީން ވަނީ ނިންމައިފަ އެވެ.

ސިނާއީ ރަށްތަކުގައި ވޯޓު ފޮށި ބަހައްޓަން މަދުވެގެން 30 މީހުން ރަޖިސްޓްރީ ވާންޖެހޭއިރު، މި ފަހަރު ރީ-ރަޖިސްޓްރީކޮށްފައިވަނީ އެންމެ 11 މީހުންނެވެ. 

ވޯޓު ފޮށި ބަހައްޓަން ކަނޑައެޅި ރިސޯޓުތަކުގެ ތެރެއިން، އެކަށީގެންވާ އަދަދަށް ރީ-ރަޖިސްޓްރީވެފައިނުވާތީ، 29 ރިސޯޓެއްގައި ވޯޓު ފޮށި ނުބަަހައްޓަން އީސީން ވަނީ ނިންމައިފަ އެވެ. 

ވޯޓު ފޮށި ނުބަހައްޓަން ނިންމި ތަންތަނަށް ރީ-ރަޖިސްޓްރީ ވި މީހުންނަށް، އެހެން ތަނަކަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 1:30 އާ ހަމައަށް ހުޅުވާލައިފަ އެވެ. 

މީގެއިތުރުން، ވޯޓު ލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ ލިސްޓު އާންމުކޮށް، ވޯޓުލާ ތަން ބަދަލުކުރުމުގެ ފުރުސަތު ވެސް އީސީން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި އިޢުލާނުގައިވާ ފޮށިތަކަށް ވޯޓު ލުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގަ އެވެ.

މި އިންތިހާބުގައި 2،960 ކެންޑިޑޭޓުން ވާދަކުރާއިރު، 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.